މަރްޔަމް ސާޖިދާ
އިންސާނާގެ ދިރިރއުޅުމުގެ އެންމެހައި ކަންކަމެއް ތަދުބީރުކުރައްވައި، ކޮންމެ މަޚްލޫޤަކަށް ރިޒްޤު ދެއްވަނީ ﷲ ސުބުޙާނަހު ވަތަޢާލާއެވެ. ދިރިއުޅުމުގައި މާލީ ފުދުންތެރިކަމާއި ބަރަކާތް ހޯދުމަށްޓަކައި މާއްދީގޮތުން މަސައްކަތްކުރުމުގެ އިތުރުން، ޝަރުޢީގޮތުން އަހަރަމެން ކުރަންޖެހޭ ކަންތައްތަކެއްވެސް މާތްވެގެންވާ އިސްލާމްދީން ވަނީ ބަޔާންކޮށްދެއްވާފައެވެ.
އޭގެތެރެއިންވެސް ރިޒުޤުގެ ދޮރުތައް ހުޅުވި، މުދަލުގައި ބަރަކާތް ލެއްވެއްވުމަށް އެދޭނަމަ އަހަރަމެން މުސްލިމުން މި ހަތް ކަންތަކަށް ސަމާލުކަންދޭށެވެ.
· ދުޢާކުރުން
· ނަމާދުތަކަށް ރައްކާތެރިވުން
· މާތް ﷲ ސުބުޙާނަހު ވަތަޢާލާއަށް ވަކީލުކުރުން
· މާތްﷲ ސުބުޙާނަހު ވަތަޢާލާއަށް ތަޤްވާވެރިވުން
· ރަޙިމުގެ ގުޅުން ދެމެހެއްޓުން
· ޞަދަޤާތް ދިނުން
· އިސްތިޣްފާރުކުރުން
ރިޒުޤު ތަނަވަސްވުމާއި،މާލީ ފުދުންތެރިކަން އިތުރުވުމަކީ ހަމައެކަނި ދުނިޔަވީ ގޮތުން ކުރާ މާއްދީ މަސައްކަތްތަކަށް ބަރޯސާވެގެން ލިބޭނެއެއްޗެއް ނޫނެވެ. އޭގެ ޙަޤީޤީ ބަރަކާތް ގުޅިފައިވަނީ އިސްލާމްދީން ބަޔާންކޮށްދެއްވާ ޝަރުޢީ އަސާސްތަކުގެ މައްޗަށެވެ.
އެހެންކަމުން މިބަޔާންކުރެވިދިޔަ ހަތް ކަމަކީ، އަހަރަމެންގެ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ އާދައަކަށް ހަދަންޖެހެއެވެ. މިކަންތައްތަކުގައި ހިފައި ދެމިހުރެ، ޙަލާލު ގޮތުގައި މަސައްކަތްކުރާ މީހަކަށް ދުނިޔޭގެ ފުދުންތެރިކަމާއި އާޚިރަތުގެ ބާއްޖަވެރިކަން إن شاء الله ފަހިކޮށްދެއްވާނެއެވެ.
- ޝައިޚް އަދްނާން މެންކްގެ ދަރުސްއަކުން