ދެމަފިރިންވެސް ސަމާލުވާންޖެހޭ ކަމެއް!: މަކަރުހެދުމާ ބޭވަފާތެރިވުމަކީ ހަމައެކަނި ހިލޭ މީހަކާ ގުޅުން ހިންގުމެއް ނޫން! އެހިސާބަށްދަނީ މާފަހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދެމަފިރިންވެސް ސަމާލުވާންޖެހޭ ކަމެއް!: މަކަރުހެދުމާ ބޭވަފާތެރިވުމަކީ ހަމައެކަނި ހިލޭ މީހަކާ ގުޅުން ހިންގުމެއް ނޫން! އެހިސާބަށްދަނީ މާފަހުން!

ގިނަ ބައަކަށް ވިސްނިފައި އޮންނަނީ މަކަރުހެދުމާއި ބޭވަފާތެރިވުމަކީ ހަމައެކަނި ހިލޭ މީހަކާއެކު ގުޅުން ހިންގުން ކަމަށެވެ. ނަމަވެސް މިއީ ވަރަށް ކުށް ވިސްނުމެކެވެ. ސަބަބަކީ އެހިސާބަށް ދަނީ އެތައް މަރުހަލާތަކެއް ގިރާކޮށް މާފަހުން ކަމެވެ.  

ބުނަން ހެއްޔެވެ؟

- ތިމާ ކުރާ ކޯލްތައް ސިއްރުކުރެވޭނަމަ

- ބައިވެރިޔާ ފެނުމުން ފޯނުކަނޑާލެވޭނަމަ

- ވާހަކަދެއްކީ މުހިންމު މީހަކާ ނޫންކަމަށްބުނެ ކާކާކަން ބުނެ ނުދެވޭނަމަ 

އެއޮތީ މަކަރުހެދުމާ ބޭވަފާތެރިވުމުގެ ކަންކަން ފެށިފައެވެ. ދެން އަންނާނީ އިތުރު ކުރިތައް ފަޅައި ހެދިބޮޑުވަމުންނެވެ. ވަކިހިސާބަކުން ބިރުވެސް ކެނޑޭނެއެވެ. ކޮށްގެން ނުވާނެ ހުރިހާ ކަމެއްވެސް ކުރެވެން ފަށާނެއެވެ.

އަހުރެން ކުރިން މިބުނި 3 ކަންތައްކުން އެންމެ ކަމެއްވެސް ނުކުރާށެވެ! ކުރާނަމަ އެއޮތީ ބައިވެރިޔާއަށް މަކަރުހެދުމާ ބޭވަފާތެރިވުމުގެ ކަންކަން ކުރަން ފެށިފައެވެ. އެކަންކަން ކުރުން ހުއްޓާނުލިނަމަ ލަސްތަކެއް ނުވެ ހުރިހާ ނުބައިކަމެއް ކުރެވެންފަށާނެއެވެ. ބައްދަލުކުރަން ފެށޭނެއެވެ. ފާޙިޝް ޢަމަލުތައްވެސް ކުރެވެން ފަށާނެއެވެ. ވީމާ އަހުރެން މިބުނެދިނީ ދިރިއުޅުން ހަލާކުކުރަން ނޫނީ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަންކަމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

މިއަދު އޮންލައިން