ދެލޯބިވެރިން ނުވަތަ ދެމަފިރިންގެ ކިބައިންވެސް މިކަންކަން ފެންނަނަމަ އެއީ ސިޙުރު ނުވަތަ އެސްފީނާ ޖެހިފައިވާ ކަމުގެ ޢަލާމާތެއް! ޙައްލަކީ ރުޤްޔާކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދެލޯބިވެރިން ނުވަތަ ދެމަފިރިންގެ ކިބައިންވެސް މިކަންކަން ފެންނަނަމަ އެއީ ސިޙުރު ނުވަތަ އެސްފީނާ ޖެހިފައިވާ ކަމުގެ ޢަލާމާތެއް! ޙައްލަކީ ރުޤްޔާކުރުން!

ލޯބިވެގެން އުޅޭއިރުވެސް އަދި ކައިވެނިކޮށް އެކުގައި އުޅޭއިރުވެސް ކުރިމަތިވާ އެއްކަމަކީ އެކަކު އަނެކަކަށް ނުފެނި ދުރުގައި ހޭދަކުރާ ވަޤުތުތަކުގައި އެއްވެސް މައްސަލައެއް ނެތިފައި ދެމީހުން ބައްދަލުވެވޭއިރަށް ކޮންމެވެސް މައްސަލައެއް ޖެހި އެކަކު އަނެކަކު ދެކެ ރުޅި އައުދެވުމެވެ. އެޙާލަތުގައި ޢާންމުކޮށް ނުބުނާ ބަސްތައްވެސް ބުނެވިދާނެއެވެ. ނުވަތަ އަނގައިން ނުބުނަންވެސް ތިބެވިދާނެއެވެ. އަދި ދުރަށްވެސް ދެވިދާނެއެވެ.  

މިކަންކަން މެދުވެރިވުމުން ގިނަ މީހުންނަށް ވިސްނޭނީ ދެމީހުންގެ މެދުގައި މައްސަލަތަކެއް އޮތީ ކަމަށެވެ. އަނެކާ ތިމާދެކެ ފޫހިވަނީ ކަމަށެވެ. ބޭވަފާތެރިވެ އެހެން މީހަކާއި ގުޅެން އުޅެނީ ކަމަށެވެ.  

އެކަމަކު ބުނަން ހެއްޔެވެ؟ މިކަން ޢާންމުގޮތެއްގައި ކުރިމަތިވަނީ އެފަދަ އެއްވެސް ކަމެއް އޮވެގެނެއް ނޫނެވެ. ސިޙުރު ނުވަތަ އެސްފީނާގެ ސަބަބުންނެވެ. ދެމީހުން ދުރުކުރުވަން ކށްފައި ހުންނަ ކަންކަމުގެ ސަބަބުންނެވެ.  

މީގެ އިތުރުންވެސް ސިޙުރު ނުވަތަ އެސްފީނާ ޖެހުމުން ފެންނާނެ ބައެއް ޢަލާމާތްތައް ބުނެލާނަމެވެ.  

--ކުދިކުދި ކަންކަމަށް ރުޅިގަދަވުން

--ކުރިން އަޑުއަހަން ޝައުޤުވެރިވި އަނެކާގެ އަޑުއިވުމުން ފޫހިވުން

--ގާތު އިންނަން ބޭނުންނުވުން

--ލޯބިން ބުނެވާހަކައަކުވެސް މައްސަލަ އުފެދި ޒުވާބަކަށްވުން

--އަނެކާގެ ކިބައިން ކުށެއް ނުފެނުނަސް ނުބައި ތުހުމަތުތައް ކުރެވެން ފެށުން

--ލޯބިން ދެކެވޭ ވާހަކަތަކުންވެސް ނުބައި މާނަ ނެގި ރުޅިގަދަވެ ޒުވާބުކުރެވުމުން  

މިބަޔާންކުރި ކަންކަމަކީ ކުރިން ބައިވެރިޔާގެ ކިބައިން ނުފެންނަ، އޭނާގެ ޠބީޢަތުގައި ނުހުންނަ ކަންކަން ކަމަށްވެފައި ފަހުން އެކަންކަން ފެންނަން ފަށައިފިނަމަ ރަނގަޅު ގޮތަކީ ބޮޑުވަރުވަންދެން ބަލަން ނުތިބެ އަވަހަށް ރުޤްޔާ ކުރުމެވެ. ރުޤްޔާ އަމިއްލައަށްވެސް ކުރެވޭނެއެވެ. މީހެއްގެ ގާތަށްދާންވީ އަމިއްލައަށް ކުރާ މަސައްކަތުން ގޮތެއް ނުފެނުނުނަމައެވެ.

 

- އަލް ޖައުހަރު-

- މިއަދުނޫސް

މިއަދު އޮންލައިން