ކޮންމެ މީހަކަށް ނަމަވެސް އެންމެ ބޮޑު ހިތްދަތިކަމެއް ލިބޭނީ އެންމެން އެމީހަކު ދޫކޮށްލައި އެކަނިވާ ވަޤުތުގައެވެ. ކުރިއަށް ދެވޭނެ އެއްވެސް މަގެއް ފެންނަން ނެތް ވަޤުތުގައެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ އެވަޤުތުގައި އެމީހަކާއި އެންމެ ގާތުގައި ތިމަން ﷲ ވޮޑިގެންވާނެ ކަމަށެވެ.
އެއީ ﷲ ތައާލާގެ ޙަޟްރަތަށް ދުޢާކުރަންވެސް އެންމެ ފައިދާހުރި ވަޤުތެކެވެ. އެވަޤުތުގައި ދުޢާކުރީމާވެސް ފަހަރެއްގައި ވަޤުތުން ޢިޖާބަ ނުކުރައްވަވައިވެސްފާނެއެވެ. ނަމަވެސް ﷲ ތަޢާލާ އެމީހާގެ ދުޢާ އައްސަވައިވޮޑިގެންވެއެވެ. އެމީހާއަށް އެންމެ ފައިދާކުރާނެ ގޮތަކަށް ދުޢާ ޢިޖާބަކުރައްވަވާނެތެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެން ކުރަން އޮތް ކަމަކީ ކޮންމެ ވަޤުތަކުވެސް މިބަޔާންކުރި ފަދަ ބޮޑު ނިކަމެތިކަމެއް ކުރިމަތިވެދާނެ ކަމަށް ބަލައި އެޙާލަތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރެވޭނެ ގޮތަކަށް ތިބުމެވެ. އެގޮތަށް ތިބުމަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވުންމަތީގައި ތިބުމެވެ.
- ޑރ. ޢުމަރުސުލައިމާނުގެ ދަރުސަކުން
- މިއަދުނޫސް