ތިބާގެ ލޮލަށް މަރުގެ މަލާއިކަތާ ފެންނަ ސިފައިންވެސް މަރުވުމުން ތިބާގެ ފުރާނައަށް އޮތް ޙުކުމް އެނގޭނެ! ކިތަންމެ ދެރަވިޔަސް އެއްވެސް ކަމެއް ބަދަލެއްވެސް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިބާގެ ލޮލަށް މަރުގެ މަލާއިކަތާ ފެންނަ
ސިފައިންވެސް މަރުވުމުން ތިބާގެ ފުރާނައަށް އޮތް ޙުކުމް އެނގޭނެ! ކިތަންމެ
ދެރަވިޔަސް އެއްވެސް ކަމެއް ބަދަލެއްވެސް ނުކުރެވޭނެ!

 

އެއްވެސް މީހަކަށް މަރުގެ މަލާއިކަތާ ފެންނަ ހިނދުން ފެށިގެން އޭނާގެ ޢަމަލުތައް އެވަނީ ބަންދުވެފައެވެ. ޢަމަލުގެ ފަތް ވާނީ ބަންދުކުރެވި ސިލްޖެހި ނިމިފައެވެ. ވީމާ އިތުރަށް އެފަތަށް އެއްވެސް ކަމެއް ނުވެއްދޭނެއެވެ. ހެޔޮ ޢަމަލެއް ނުކުރެވޭނެ ތަނުގައި ހެޔޮބަހެއްވެސް ނުބުނެވޭނެއެވެ.

މަރުމަތީގައި ގިނަ ބައަކަށް ޝަހާދަތް ނުކިޔޭ ސަބަބަކީވެސް އެއީއެވެ. ދުނިޔޭގައި އުޅުނުއިރު ޝަހާދަތް ދުލުންކީނަމަވެސް ޝަހާދަތަށް ޢަމަލުނުކުރާތީއެވެ.

މަރު ހިއްޕަވަން މަރުގެ މަލާއިކަތާ ވަޑައިގަންނަވާނީ 2 ސިފައެއްގައެވެ. ފުރަތަމަ ސިފައަކީ ވަރަށް މާތް ސިފައެވެ. އެ ސިފައިގައި ފެނިއްޖެނަމަ އެމީހަކަށް އުފާވެރިކަން ހުއްޓެވެ. ދެވަނަ ސިފައަކީ ވަރަށް ބިރުވެރި ސިފައެކެވެ. އެ ސިފައިގައި ފެނިއްޖެ މީހަކަށް ގެއްލުމާއި ހަލާކު ހުއްޓެވެ!

ހިތާމައަކީ އަހަރެމެންނަށް މިކަންކަން ޤަބޫލު ނުކުރެވޭ ކަމެވެ. މަރަށް ތައްޔާރުވާން މަސައްކަތް ނުކުރެވޭ ކަމެވެ. ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފެށުން ލަސްކުރެވޭ ކަމެވެ. މަރުގެ މަލާއިކަތާ ބިރުވެރި ސިފައިގައި ފެނުމުން ބިރުން ތެޅިގެންފައި ތައުބާވާން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއ ނުކުރެވޭނެއެވެ! އެއިރު ތައުބާވުމުގެ ދޮރު ވާނީ ބަންދުކުރައްވަވާފައެވެ!

 

މީސްތަކުންނޭވެ! މާޔޫސް ނުވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ތެދުމަގު ދައްކަވައިދެއްވެވުމަށް ގިނަގިނައިން އެދޭށެވެ! އަދި އެކަމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމަށް މަސައްކަތްކުރާ މީހުންނަށް ﷲ ތަޢާލާ ތެދުމަގު ދައްކަވާނެތެވެ!

 

އިންސާނާގެ ފުރާނަ ދެ ގޮތަކުން އިންސާނާ އާއި ވަކިކުރައްވަވައެވެ. ފުރަތަމަ ގޮތަކީ ނިދީގައެވެ. ނިދީގައި އެމީހެއްގެ ފުރާނަ ނުހިއްޕަވައިފިނަމަ އެކަން ވާނީ ވަގުތީ ކަމަކަށެވެ. މާނައަކީ އެނބުރި ހޭލެވޭނެއެވެ. ދެވަނަ ގޮތަކީ އެމީހެއްގެ ފުރާނަ ހިއްޕެވުމެވެ. އެއީ މީސްތަކުން އެންމެ ބޭނުން ނުވާނެ ކަންތަކެވެ. އެހެނަސް ކޮންމެ މީހަކަށްވެސް ކުރިމަތިލާންޖެހޭނެ ކަމެކެވެ.


--މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން