ވަޠަނީ ޚިދުމަތުގެ ގާނޫނާއެކު ޒުވާނުންނަށް ވަޒީފާގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ: އުޝާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ވަޠަނީ ޚިދުމަތުގެ ގާނޫނާއެކު ޒުވާނުންނަށް ވަޒީފާގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ: އުޝާމް

ރައްޔިތުންގެ މަޖިލީހުގެ މިފެށޭ ދައުރުގައި ދިވެހި ވަޠަނީ ޚިދުމަތުގެ ބިލު ފާސްވެގެން ދިއުމާއެކު، އެ ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ވަޒީފާގެ އައު ފުރުޞަތުތަކެއް ކަށަވަރުވެގެންދާނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގައި ކަމަށެވެ. އަދި އަންނަ ދައުރުގައި އެ ބިލުގެ މަސައްކަތް ނިމި ފާސްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެ ޤާނޫނުގެ ތެރެއިން ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތުތައް ލިބިގެންދާނެ ގޮތްތައް ތަފްސީލުވެގެންދާނެ ކަމަށްވެސް އޭޖީ ވިދާޅުވިއެވެ.

މި ފޯރަމްގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ، ވަޠަނީ ޚިދުމަތް ފުރިހަމަކުރި 300އަށްވުރެ ގިނަ ދަރިވަރުންނަށް މިއަދާ ހަމައަށްވެސް ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އިން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ތަމްރީނު ނިންމާ ދަރިވަރުންގެ ތެރެއިން ވަޒީފާ ބޭނުންވާ ކުދިންނަށް ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އެ ކުއްޖަކު އެދޭ ދާއިރާއަކުން ވަޒީފާ ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރުކުރުމުގައި ޒުވާނުންގެ ދައުރު އިތުރުކޮށް، ޤައުމީ ރޫޙުުރި، ރަނގަޅު ގޮތުގައި ތަރުބިއްޔަތުވެފައިވާ ޒުވާން ޖީލެއް އުފެއްދުން ކަމަށެވެ.

މިއަދު އޮންލައިން