ބުރައަކަށްނުވެ ހެޔޮ ޢަމަލުތައް ކުރުމުގަ އެންމެ ފަސޭހައިން ކުރިއަށްދެވޭނެ މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ބުރައަކަށްނުވެ ހެޔޮ ޢަމަލުތައް ކުރުމުގަ އެންމެ
ފަސޭހައިން ކުރިއަށްދެވޭނެ މަގު!

  

އަހުރެމެންނަށް އޮތީ އެންމެ ޒުވާން ޢުމުރުން ފެށިގެން އަޅުކަން ކުރުމުގައި ދެމިހުރުމެވެ. ނަމަވެސް އެގޮތަށް އެކަން ކުރެވެނީ ވަރަށް މަދު މީހަކަށެވެ. ވީމާ ފަހުން ފަށައިގަންނަ ކޮޅުމަތީގައި ރަނގަޅަށް ކުރިއަށް ގެންދިއުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ.

އަޅުކަން ކުރުމަށް ޝައުޤުވެރިވެ އަޅުކަންކުރަން ފަށައިގަންނައިރު އެއް ފަހަރާ ހުރިހާ އަޅުކަމެއް ކުރަން ފަށަން ނުވިސްނާށެވެ! އެކަން ތަކްލީފަކަށްވެ ފޫހިވެވޭ ގޮތްވެސް މެދުވެރިވެދާނެއެވެ.

މިސާލަކަށް ފުރަތަމަ ފަރުޟު 5 ނަމާދަށް އިސްކަންދޭށެވެ. އެއަށްފަހު ރަވާތިބު ސުންނަތަށް ސަމާލުކަންދޭށެވެ! އެއަށްފަހު ރަވާތިބު ސުންނަތް ނޫން ސުންނަތް ނަމާދުތަކަށް އިސްކަން ދޭށެވެ! ކުރިއަށް ދެވޭ ވަރަކުން ދަމު ނަމާދުވެސް ހިމަނާށެވެ!  

ސުންނަތް ރޯދަ ހިފަން ފަށާއިރުވެސް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފަން އާދަވުމުން މަހުގެ 13،14،15 ގައި ވެސް ރޯދަހިފަން ފަށާށެވެ!

ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔަވަން މަސައްކަތް ކުރާށެވެ. ކޮންމެ ނަމާދަކަށްފަހު މިސްކިތުން ނުކުތުމުގެ ކުރިން އެންމެ 10 ވަރަކަށް އާޔަތް ނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ! އެގޮތަށް ފަށައިގެން މުޅި ދުވަސްމަތިން ފޮތެއް ކިޔަވައިލެވޭ ވަރަށް ކިޔެވޭނަމަ އެއީ ވެސް ވަރަށް ބޮޑުވަރެކެވެ. 

އަޅުކަމަށް ފަށައިގަންނަ ދުވަސްވަރު ދަރުސްތައް އަޑުއެހުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ވީވަރަކުން ދަރުސްތައް އަޑުއަހާށެވެ. އެކަމުގެ ސަބަބުން ހިތުގައި އީމާންކަން ދިރި އިތުރުވުމަށް ބޭނުންވާ ކާނާ ލިބޭނެއެވެ. އަޅުކަން ކުރުން އިތުރުކުރަން ހިތްވަރު ލިބޭނެއެވެ. 

އަހަރެމެންގެ މިއަދުގެ ޙާލަތު ހުރި ގޮތުން އެއީ އެންމެ ރަނގަޅު ގޮތް ނަމަވެސް އެންމެ ޒުވާން އުމުރުން ފެށިގެން އަޅުކަން ކުރުމުގައި ސާބިތުވެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ މީހުންނަށް އަޅުކަންކުރަން ސަމާލުކަން ދެވެނީ އުމުރުން ވަރަށް ބޮޑުބައެއް ފާއިތުވުމުންނެވެ. މިއީ މިކަން އޮންނަންވީ ގޮތް ނޫން ނަމަވެސް މިކަން މެދުވެރިވަމުން ދަނީ މިފަދަ ގޮތަކަށެވެ. ވީމާ މިބުނި އުޞޫލުން ކަންކަންކުރަމުން ގެންދާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން