ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ އިންވެސްޓަރުންނަށް މަގުފަހިވާނެ މާހައުލެއް އުފެއްދުމަށް ދަނީ މަސައްކަތްކުރަމުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ އިންވެސްޓަރުންނަށް މަގުފަހިވާނެ މާހައުލެއް އުފެއްދުމަށް ދަނީ މަސައްކަތްކުރަމުން: ރައީސް

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިގްތިސާދީ ގޮތުން އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެއަށް އައިސް އިންވެސްޓްކުރުމަށް މަގުފަހިވާނެ ފަދަ މާހައުލެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދިޔަ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރުގެ ކާމިޔާބު ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ބޮޑު ކަނޑުގެ ސަރަހައްދުން އިގްތިސާދީ ފައިދާ ލިބޭނެ ފަދަ އިތުރު މަގެއް ފެނޭތޯ ބެލުމުގެ ގޮތުން މި މަސައްކަތް ފެށުމާ ގުޅޭގޮތުންވެސް މެލޭޝިއާއާ އެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، "މިހެން ގޮސް ވަރަށް ގިނަ ގޮތް ގޮތުން، އިގްތިސާދީ ގޮތުން، އިޖްތިމާއީ ގޮތުން، ގިނަ އެހީތެރިކަމެއް ރާއްޖެއަށް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ މި ދަތުރާ ގުޅިގެން. އެމަނިކުފާނުގެ އެހީތެރިކަމުގައި ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވާ ކަންތައްތަކުގެ ތެރެއިން،" ކަމަށެވެ.

މިއަދު އޮންލައިން