އަނގައަށް މީރު، ފަސޭހައިން ލިބޭ ކާނާގެ ތެރެއިން ޞިއްޙަތަށް އެންމެ ބޮޑަށް ގެއްލުންދޭކަމަށް ބެލެވޭ 10 ބާވަތެއް! ކަސްރަތުކުރިޔަސް ލޫޅާފަތިވުމަށްވެސް ހުރަސްއަޅާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އަނގައަށް މީރު، ފަސޭހައިން ލިބޭ ކާނާގެ ތެރެއިން ޞިއްޙަތަށް އެންމެ ބޮޑަށް ގެއްލުންދޭކަމަށް ބެލެވޭ 10 ބާވަތެއް! ކަސްރަތުކުރިޔަސް ލޫޅާފަތިވުމަށްވެސް ހުރަސްއަޅާނެ!

އަނގައަށް މީރުވުމާ ފަސޭހައިން ލިބުމާ ފަސޭހައިން ތައްޔާރުކޮށްލެވުން ފަސޭހަނަމަވެސް ކޮންމެ ފަސޭހައަކީ ފައިދާހުރި ކަމަކަށް ނުވެއެވެ. ފަސޭހަތަކާ ރަހަމީރުކަމާއެކުގައި ތިމާގެ ޞީއްޙަތަށް ބޮޑެތި ގެއްލުންތައް ލިބޭތީއެވެ.  

ކެއުމުގެ ވައްޓަފާޅިއަށް ގެނެވުނު ބަދަލުތަކާއި އަދި ކާން އާދަކުރެވުނު ބައެއް ބާވަތްތަކުގެ ޞިއްޙަތަށް އެކި ގޮތް ގޮތުން އެންމެ ބޮޑެތި ގެއްލުންތައް ލިބޭކަމަށް ދިރާސާތަކުން ހާމަވާ 10 ބާވަތެއް ފާހަގަކޮށްލާނަމެވެ.  

1 ގޭސް ހުންނަ ބުއިންތައް

2 ބޭކަން، ހޮޓްޑޯގް، ކޯލްޑް ކަޓްސް

3 ހުދު ޕާން

4 ފްރެންޗް ފްރައިސް

5 ބާގަރ

6 ޑޯނަޓް

7 ޕްރޮސެސްޑް ޗީޒް

8 ޕޮޓޭޓޯ ޗިޕްސް

9 ޕްރޮސެސްޑް ސްނެކް ފުޑް

10 ބަނގުރަލާ މަސްތުވާތަކެތި 

ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ބުނެފައިވަނީ މިފަދަ ބާވަތްތައް ބޭނުންކުރާނަމަ ކުރިމަތިވާ މައްސަލަތައް ވަރަށް ގިނަ ކަމަށާއި އެއިގެ ތެރޭގައި ސަރުބީ ގިނަވެ ފަލަވުމާއި ހިކެން މަސައްކަތްކުރިނަމަވެސް ނުހިކުން ފަދަ ކަންކަން މެދުވެރިވާ ކަމަށެވެ. މީގެ އިތުރުން ލޭހޮޅިތައް ބެދި ސްޓްރޯކްޖެހުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އެއިގެ އިތުރުން ލޭމައްޗަށްދާން ފަށާކަމެވެ.  

"ތައްޔާރުކުރަން ފަސޭހަވީމާ ގިނަ ބައަކު ބޭނުންކުރަނީ، އަދި އަނގަޔަށްވެސް މީރުވީމާ. މީހުންނަށް ނުވިސްނޭކަމަކީ ޞިއްޙީ ބޮޑެތި ނުރައްކާތައް ކުރިމަތިވުންވެސް ފަސޭގަވެގެންދާކަން، ނުވަތަ ބޮޑެތި ބަލިތައް ޖެހެން ފަސޭހަވެގެންދާކަން."

 

- ރިޕޯޓް: ކްލީވްލޭންޑް ކްލިނިކް، އޯހިއޯ

- މިއަދުނޫސް

މިއަދު އޮންލައިން