ތިމާގެ އަތުން އެހެން މީހަކަށް އެއްޗެއް ދޭން ބޭނުންނުވާ އެކަމަކު އެހެން މީހުންގެ އަތުން ލިބުނުހާ ގިނައަކަށް ބޭނުންވާ މީހުންނާ ގާތްކަން ބާއްވާނަމަ ލިބޭނީ ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތިމާގެ އަތުން އެހެން މީހަކަށް އެއްޗެއް ދޭން ބޭނުންނުވާ އެކަމަކު އެހެން މީހުންގެ އަތުން ލިބުނުހާ ގިނައަކަށް ބޭނުންވާ މީހުންނާ ގާތްކަން ބާއްވާނަމަ ލިބޭނީ ދެރަ!

ދަހި މީހުން ކިޔަނީ އެމީހުންގެ އަމިއްލައެދުން ކުރިއަށް ނެރެގެން އުޅޭ މީހުންނަށެވެ. އެމީހުންގެ އަތުން އެހެން މީހަކަށް އެއްޗެއް ދޭކަށް ބޭނުމެއް ނުވާނެއެވެ. އެކަމަކު އެހެން މީހުންގެ އަތުން ވީހާ ގިނައިން ބޭނުންވާނެއެވެ.  

އެފަދަ މީހުން އެހެން މީހުންގެ ކިބައިން ލިބެން އޮތް ކޮންމެ އެއްޗެއްވެސް ބޭނުންވާނެއެވެ. ނަމަވެސް އެހެން މީހަކަށް އެއްވެސް އެއްޗެއް ދޭކަށް ބޭނުމެއް ނުވާނެއެވެ. މިފަދަ މީހުން އެމީހުންގެ ބޭނުންތައް ފުދޭނަމަ ވަރަށް ބޮޑަށް ގުޅިގެން އުޅޭނެއެވެ. އަދި އެމީހުންގެ ބޭނުންތައް ނުފުދޭނަމަ އަވަސް އަވަހަށް އެމީހަކާއި ދުރުހެލިވާނެއެވެ.  

މިސިފައަކީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. މުސްލިމުންގެ ސިފައަކަށްވާންޖެހޭނީ ދީލަތިވުމެވެ. އެމީހެއްގެ ކިބައިގައި ފުދުންތެރިކަން ހުރިވަރަކުން އެހެން މީހުންނަށް އެހީތެރިވުމެވެ. އެކަމުގައި އޮތް އެންމެ މަތީ ހަރުފަތަކީ ތިމާގެ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް އެހެން މީހުންނަށް އެހީތެރިވުމެވެ.  

ޞަދަޤާތްކުރާއިރުވެސް ތިމާޢަށް ބޭނުންވެގެން ހުންނަ އެއްޗެއް އެހެން މީހަކަށް ދިނުމުން ދެއްވަވާ ޘަވާބު ގިނަވަނީ އެހެންވެގެންނެވެ. ޞަދަޤާތްކުރަންވީ ތިމާއަށް ބޭނުންނުހިފި ބާކީވެފައި ހުންނަ ތަކެއްޗެއް ނޫނެވެ. ބޭނުންހިފޭ ތަކެއްޗެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން