ތަނަވަސްކަން ކިތަންމެ ބޮޑަސް ތިމާއާއިހުރެ ބައިވެރިޔާގެ ލޮލުން ވެއްޓޭ އެންމެ ކަރުނަ ތިއްކަކަށްވެސް ބަދަލެއް ނުދެވޭނެ! އެއީ މިލިއަނުން ދިނަސް އަގުހަމަވާނެ އެއްޗެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ތަނަވަސްކަން ކިތަންމެ ބޮޑަސް ތިމާއާއިހުރެ ބައިވެރިޔާގެ ލޮލުން ވެއްޓޭ އެންމެ ކަރުނަ ތިއްކަކަށްވެސް ބަދަލެއް ނުދެވޭނެ! އެއީ މިލިއަނުން ދިނަސް އަގުހަމަވާނެ އެއްޗެއް ނޫން!

އަހުރެން މުޚާޠަބް މިކުރަނީ އަނބިންނަކަށް ނުވަތަ ފިރިންނަކަށް ނޫނެވެ. އަނބިންނަށާއި ފިރިންނަށެވެ. ވީމާ އަނބިންވެސް އަދި ފިރިންވެސް ރަނގަޅަށް އަޑުއަހާށެވެ.  

އަނބިމީހާގެ ކިބައިގައިވެސް އަދި ފިރިމީހާގެ ކިބައިގައިވެސް އަދި ދެމަފިރިންގެ ކިބައިގައިވެސް ތަނަވަސްކަން ހުރެދާނެއެވެ. ކިތަންމެ ބޮޑު ހޭދައެއް ކުރެވޭވަރަށްވެސް ތަނަވަސްކަން ހުރެދާނެއެވެ. ބޭނުން ކޮންމެ އެއްޗެއް ގަނެވެސްލެވިދާނެއެވެ.  

ނަމަވެސް ފައިސާއިން އަގު ނުދެއްކޭނެ އެއްޗެއްވެއެވެ. އެއީ ތިމާއާއިހުރެ އަނެކާގެ ލޮލުން އޮހޮރަންޖެހޭ ކަރުނައެވެ. ބުނަންހެއްޔެވެ؟ ލޮލުން އޮހޮރަންޖެހޭ އެންމެ ކަރުނަ ތިއްކެއްގެ އަގުދެއްކުމަކީވެސް ކިތަންމެ ގިނަ ފައިސާއެއް ހޭދަކުރިނަމަވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ބައިވެރިޔާގެ ބުރަދަނަށް ރަންދިނަސް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ދެމީހުންވެސް ޤަބޫލުކުރަންޖެހޭނެއެވެ.  

ވީމާ ދެމީހުން އުފަލުގައި ދިރިއުޅެން ބޭނުންވާނަމަ އަނެކާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާށެވެ. އެންމެ ކަރުނަ ތިއްކެއްވެސް އޮހޮރަން ނުޖައްސުވާށެވެ. ދެމީހުން އެކަކު އަނެކަކަށް އަޅާލައި އެހީތެރިވާނަމަ އަދި އަނެކާގެ އަގުވަޒަންކުރާނަމަ ހިތުގައި ޖެހޭކަށް ނުޖެހޭނެއެވެ.  

އެންމެ ގިނައިން ކަރުނައަޅަންޖެހެނީ ބޭވަފާތެރިވާތީއެވެ. ވީމާ ބޭވަފާތެރިވުންކަމަށް މާނަކުރެވޭނެ ކަމެއްވެސް ނުކުރާށެވެ. ކައިވެނިކުރާއިރުފަދައިން ލޯބިވެގެން ތިބެ ދިރިއުޅެން މަސައްކަތްކުރާށެވެ. އުފާވެރިކަމުގެ ތަޅުދަނޑިއަކީ އެއީއެވެ.

 

- މިއީ ކައިވެނީގެ ކަންކަމުގައި ލަފާދޭ ދުނިޔޭގެ ފެންވަރުގެ ބޭފުޅަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ.

މިއަދު އޮންލައިން