ދަރިންނަކީވެސް ކޮންމެ ކަމަކަށް ބޭނުންވެގެންވެސް ފުރަތަމަ ކަމަކަށް ދުޢާކުރާ ބައެއްގެ ގޮތުގަ ތަރުބިއްޔަތުކުރަން ފަސޭހައިން ކުރެވިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ދަރިންނަކީވެސް ކޮންމެ ކަމަކަށް ބޭނުންވެގެންވެސް ފުރަތަމަ ކަމަކަށް ދުޢާކުރާ ބައެއްގެ ގޮތުގަ ތަރުބިއްޔަތުކުރަން ފަސޭހައިން ކުރެވިދާނެ ކަމެއް!

ދުޢާކުރުމުގެ މަތިވެރިކަން ނުއެނގޭ މުސްލިމަކު ނުހުންނާނެއެވެ. ދުޢާކުރަން އޮތީ ވަކި ޢުމުރެއްގައެއް ނޫނެވެ. އެންމެ ކުޑައިރުންސުރެވެސް ދުޢާކުރަންވީއެވެ. އެކަން ކުދިންގެ ކިބައިގައި އަށަގަންނާނީ އެއާދަ ކުދިންގެ ކިބައިގައި ހަރުލައްވަން މައިންބަފައިން މަސައްކަތްކުރުމުންނެވެ.  

ހޭލުންތެރި ތަޤްވާވެރި ބައެއް މައިންބަފައިންގެ ކިބައިން އަހުރެންނަށް ފެނިފައިވާ ކަމެއްވެސް ބުނެލާނަމެވެ. ކުޑަ ދަރިފުޅު ކަމަކަށް އެދިގެން އައުމުން ސުވާލުކުރެއެވެ. "ތިއަ ބޭނުން ފުއްދަވައި ދެއްވެވުން އެދިި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށްފިންހެއްޔެވެ؟" މިގޮތަށް ސުވާލުކުރާނަމަ މައިންބަފައިންގެ ކިބައިން ނަމަވެސް ކަމަކަށް އެދުމުގެ ކުރިން ﷲ ތަޢާލާއަށް ދުޢާކުރުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގަންނާނެއެވެ. އިން ޝާ ﷲ. ދަރިންނަކީވެސް ކޮންމެ ކަމަކަށް ބޭނުންވެގެންވެސް ފުރަތަމަ ކަމަކަށް ދުޢާކުރާ ބައެއްގެ ގޮތުގަ ތަރުބިއްޔަތުކުރަން ފަސޭހައިން ކުރެވިދާނެ ކަމެއްކަމަށް މިބުނީ މިގޮތަށް ޢަމަލުކުރުމުގެ ވާހަކައެވެ.   

ލޮބުވެތި މައިންބަފައިންނޭވެ! ދަރިންގެ ބުރަ އުފުލައި ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ތިކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރަމެވެ. ނަމަވެސް ހިތާމައާއިއެކު ބުނަން ޖެހެނީ ދަރިންނަށް ކޮށްދޭން ޖެހޭ އެންމެ މުހިންމު ކަންތައް މަތިން ގިނަ ބައަކު ވަނީ ހަނދާން ނައްތާލައިފައެވެ. ނުވަތަ ފަރުވާކުޑަކޮށްލައިފައެވެ!  

އެއީ ދަރިންނަށް ދުޢާކުރަން ދަސްކޮށްދިނުމެވެ! ދުޢާކުރުމުގެ އާދަ ހަރުލެއްވުމެވެ! މިސާލަކަށް ބުނާނަމަ ދެންމެ މިބުނި ފަދައިން "ޢިލްމާއި ޙިލްމާއި ދިރިއުޅެން ކުރާނެ ފައިދާހުރި މަސައްކަތެއް އުނގެނުމުގެ ތައުފީޤް" ދަރިފުޅަށް މިންވަރުކޮށްދެއްވެވުން އެދި މައިން ބަފައިން ދުޢާކުރަންވާނެއެވެ. ހަމަ އެފަދައިން މިފަދަ ދުޢާތައް ދަރިން ލައްވައި ކުރުވަންވާނެއެވެ! ޢާއިލާގެ އެންމެން އެކުގައި ތިބެގެންވެސް ކުރަންވާނެއެވެ!  

ޢާއިލާގެ އެންމެން ކަމަކަށް އެދި ﷲ ތަޢާލާ އަށް ދެއަތް އުފުލައި ދުޢާކުރަމުން ގެންދާނަމަ އެކަމުގެ ބަރަކާތް ވަރަށް މަތިވެރިވެ އުފާވެއރިކަން ލިބިގެންދާނެތެވެ! އިން ޝާ ﷲ 

ބައެއް މީހުން އެމީހުގެ ޙަޔާތުގެ ގިނަ ދުވަސްތައް ވޭތިކޮށްލަނީ އެމީހާ ކުރިއަށް ދާން ބޭނުންވާ ގޮތުގެ އެއްވެސް އަމާޒެއް ނެތިއެވެ. ކޮންމެވެސް މީހަކު ބުނީތީ ކޮންމެވެސް ކަމެއް ކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުން އުމުރުގެ ގިނަ ދުވަސްތަކެއް އެބަ ބާކީކޮށްލައެވެ.  

ޒުވާން އުމުރުގައި ގިނަ ކަންކަން ތަޖުރިބާކޮށްލުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެކަމަށް މުއްދަތެއް ކަނޑައަޅަންވާނެއެވެ! މިސާލެއްގެ ގޮތުން ބުނާނަމަ އަހަރެން ތަޖުރިބާ ކުރުމުގައި ހޭދަކުރާނީ20، 22 24، 25 އަހަރު ފުރެންދެން ކަމަށް ކަނޑައަޅާށެވެ! އެހިސާބުން އަމާޒު ކަނޑައަޅައި އަމާޒުގައި ސާބިތުވާށެވެ!  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުންނޭވެ! އެންމެ ކުޑައިރުންސުރެ ހުއްޓާ ނުލައި ކުރަންޖެހޭނެ ދުޢާއެއް އޮންނާނެއެވެ! އެއީ 1ޢިލްމާއި 2ޙިލްމާއި 3ދިރިއުޅެން ކުރާނެ ފައިދާހުރި މަސައްކަތެއް އުނގެނުމުގެ ތައުފީޤް ދެއްވެވުން އެދިއެވެ. އަދި 4އެމީހަކަށް އެންމެ ފައިދާ ކުރާނެ މަސައްކަތް އިޚްތިޔާރުކުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދިއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން