ވިލުންވެށި ގްރާންޓް ޕްރޮގްރާމް ފުޅާކޮށް، އަންނަ އަހަރު ކުންފުނިތަކަށް ވެސް ފުރުޞަތު ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ވިލުންވެށި ގްރާންޓް ޕްރޮގްރާމް ފުޅާކޮށް، އަންނަ އަހަރު ކުންފުނިތަކަށް ވެސް ފުރުޞަތު ހުޅުވާލަނީ

ވިލުންވެށި ގްރާންޓް ޕްރޮގްރާމް އިތުރަށް ފުޅާކޮށް، އަންނަ އަހަރު ކުންފުނިތަކަށް ވެސް އެ ޕްރޮގްރާމްގެ ދަށުން ފުރުޞަތު ހުޅުވާލަން ސަރުކާރުން ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

މި ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މިއަންނަ އަހަރު ކުންފުނިތަކަށް މި ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިހާރު ދޫކުރަމުންދާ 100،000 ރުފިޔާއަށްވުރެ މާލީ އެހީގެ އަދަދު ބޮޑުކުރުމަށްފަހުގައެވެ.

މި ޕްރޮގްރާމްގެ ދަށުން މިދިޔަ ޖޫން މަހު ހުޅުވާލި ފުރުޞަތުގައި ޖުމްލަ 150 ޕްރޮޕޯޒަލް ވަނީ ހުށަހަޅާފައެވެ. މިހާރު ކުރިއަށްދަނީ މި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި، ގްރާންޓަށް ހޮވޭ ފަރާތްތައް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިޢުލާންކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

ވިލުންވެށި ގްރާންޓް ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކުގެ ތެރެއިން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ އިތުރުން އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

މިއަދު އޮންލައިން