އަމީނީ މަގު މަރާމާތުކުރުމުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
އަމީނީ މަގު މަރާމާތުކުރުމުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ދެވަނަ ސެގްމަންޓުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫޢުގެ ދެވަނަ ސެގްމަންޓުގެ ދަށުން މިހާރު ކުރިއަށްދަނީ އިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް ހަލާކުވެފައިވާ ތާރުގަނޑު ނަގައި، އެ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތެވެ. މި މަރާމާތުގެ މަސައްކަތުގެ ތެރެއިން މަގުގައި ދެ ފަށަލައަށް ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އަމީނީ މަގުގެ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ޕާކާ ހަމައަށް ހިމެނޭ ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ވަނީ އެއްކޮށް ނިންމާލާފައެވެ.

އަދި މިހާރު ފުރަތަމަ ފިޔަވަހީގައި ކުރިއަށްދަނީ މަގުމަތީގެ ނިޝާންތައް ކުރެހުމާއި، މަގުގައިވާ ޔުޓިލިޓީ ޖަންކްޝަންތައް އެއްވަރުކުރުމުގެ ފަހުގެ މަސައްކަތްތަކެވެ.

މިއަދު އޮންލައިން