ދަރިންނަށް ކުރިމަތިލާންޖެހޭނެ އެންމެ ފަހުގެ އަދި އެންމެ މުހިންމު އިމްތިޙާނަށް ދަރިން ތައްޔާރުނުކުރެވޭކަން އެއީ ލިބޭނެ އެންމެ ބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ދަރިންނަށް ކުރިމަތިލާންޖެހޭނެ އެންމެ ފަހުގެ އަދި
އެންމެ މުހިންމު އިމްތިޙާނަށް ދަރިން ތައްޔާރުނުކުރެވޭކަން އެއީ ލިބޭނެ އެންމެ
ބޮޑު ދެރަ!

އިމްތިޙާނެވެ ބުނެވޭއިރަށް ސިކުނޑިއަށް ވަންނަނީ

ދުނިޔޭގައި ދެވޭ އިމްތިޙާނުތަކެވެ. ސްކޫލްތަކާއި ޔުނިވާސިޓީން ދޭ އިމްތިޙާންތަކެވެ. އެހެނަސް ޙަޤީޤީ އިމްތިޙާނަކީ އެއީއެއް ނޫނެވެ.

ދުނިޔޭގައި ކުރިމަތިލާން މިޖެހެނީ ވަރަށް ކުޑަކުޑަ އިމްތިޙާންތަކަކާއިއެވެ. ސްކޫލުންދޭ އިމްތިޙާނަކީވެސް ވަރަށް ކުޑަކުޑަ އިމްތިޙާނެކެވެ. އެއިމްތިހާނުން ފާސްނުވިނަމަވެސް ދުނިޔޭގައިވެސް ތަނަވަސްކަމާއި އުފާވެރިކަން ހޯދޭތީއެވެ. އެންމެ ބޮޑު އިމްތިޙާނަކީ ޤިޔާމަތްދުވަހުގެ އިމްތިޙާނެވެ. ފާސްނުވެ ފޭލިވެއްޖެނަމަ ނަރަކައަށް ވަންނަންޖެހުން ނޫން ދެވަނަ ގޮތެއް ނެތަތީއެވެ. 

ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހާގެ ދަރިފުޅަށް ވީހައި ގިނަ މާކްސް ލިބި 1 ވަނަ ދަރަޖަ ލިބުމަށެވެ! އެހެންވެ ދަރިން ލައްވައި ފިލާވަޅު ދަސްކުރުވަން ކޮންމެ ބެލެނިވެރިއަކުވެސް ބާރު އަޅައެވެ. ނަމަވެސް ދަސްކުރާ ފިލާވަޅަށް ޢަމަލުކުރޭތޯ ބަލަނީ ވަރަށް މަދު ބެލެނިވެރިންނެވެ.  

ސްކޫލް މަދުރަސާތަކުން ދޭ ފިލާވަޅުތައް ކިތަންމެ ރަނގަޅަށް ދަސްކޮށް ދީނުގެ ޢިލްމު ކިތަންމެ ރަނގަޅަށް ޙާޞިލުކުރި ނަމަވެސް ޙާޞިލުކުރި ކަންކަމަށް ދަރިން ޢަމަލު ނުކުރާނަމަ ﷲ ތަޢާލާގެ އިމްތިޙާނަކުން ފާހެއް ނުވާނެއެވެ!  

ﷲ ތަޢާލާ ކުރައްވަވާ އިމްތިޙާނުގައިވެސް ދެ ބައެއް އޮވެއެވެ! އެއީ ޢިލްމު ޙާޞިލުކުރި މިންވަރާއި އެއަށް ޢަމަލުކުރި މިންވަރެވެ! ހަމައެކަނި ޢިލްމް ޙާޞިލުކުރުމަކުން ފާހެއް ނުވެއެވެ! ފާސްވާން އޮތީ ޙާޞިލުކުރި ޢިލްމަށް އަމަލުވެސްކޮށްގެންނެވެ. ޢިލްމް އުނގެނި ޢަމަލު ނުކުރުމުން ޢަޛާބް ބޮޑުވަނީ އެސަބަބަށްޓަކައެވެ!

މުހިންމީ ސްކޫލުން ދޭ އިމްތިހާނުގައި މަތީ ވަނަ ލިބުމެއް ނޫނެވެ! އެންމެ މުހިންމީ ޤިޔާމަތް ދުވަހުގެ އިމްތިޙާނުން މަތީ ވަނަ ލިބި ސުވަރުގެ ވަދެވުމެވެ! ވީމާ ފިލާވަޅު ދަސްކުރުވަން ބާރުއަޅާ މިންވަރަށްވުރެ އިތުރަށް ދަރިން ލައްވައި އިސްލާމް ދީނަށް ޢަމަލުކުރުވަން ބާރުއަޅާށެވެ! ފަރުޟު 5 ނަމާދާއި އެހެންވެސް ހެޔޮ ޢަމަލުތައް ކުރުވާށެވެ! ޙަރާމް ކަންކަމާއި ދުރުހެލިވުމަށާއި ހުއްދަ ކުރެއްވެވި ކަމެއް ނޫނީ ނުކުރަން ދަސްކޮށްދީ އެގޮތަށް ދަރިން ތަރުބިއްޔަތުކުރާށެވެ! އާޚިރަތް ދުވަހުގެ އިމްތިޙާނުން ދަރިން ފާސްވާނީ އެއިރުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މީހުން އިޙްތިރާމްކޮށް ޤަދަރު ކުރަނީ ޤާނޫނާ ޤަވާޢިދު ހިފަހައްޓަން ކެރޭ, އެކަމަށް ވަކާލާތު ކުރަން ވެސް ކެރޭ ޤައުމުތަކަށް!: ޝައިޚް ޝަފީޢު 

ޢަބްދުއްލަޠީފް 

މީހުން އިޙްތިރާމްކޮށް ޤަދަރު ކުރަނީ ޤާނޫނާއި ޤަވާޢިދު ހިފަހައްޓަން ކެރޭ އަދި އެކަމަށް ވަކާލާތު ކުރަން ވެސް ކެރޭ ޤައުމުތަކަށް ކަމަށް ޝައިކް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.  

ޝައިޚް ޝަފީޢު މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ރާއްޖޭގެ ޤާނޫނުތައް މުގުރުމުން ފުލުހުން ތަކުރާރުކޮށް ނަބޭޙަތްތެރިވުމުންވެސް ގޮތް ދޫނުކުރި ފަތުރުވެރިއަކު އިރުކޮޅަކަށް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމުން މަދު ބައަކު ނަމަވެސް އެކަން ކުށްވެރިކުރަމުން ގެންދާ ވަގުތެއްގައެވެ. 

ޝައިޚް ޝަފީޢު ވިދާޅުވީ ނަން ޚަރާބުވެ އިޙްތިރާމް ގެއްލި ދަނީ، ދޮން މީހުންގެ ފައިބުޑަށް ވެއްޓި އަމިއްލަވަންތަ ކަމާއި، ޤާނޫނާއި ޤަވާޢިދު ނަގަހައްޓަން ފަސް ޖެހޭ ޤައުމުތައް ކަމަށާއި ބައަކަށް މިއަށްވުރެ ވަކި ނިކަމެތިކަން ބޮޑު ކަމެއް ކުރިމަތި ނުވާނެ ކަމަށެވެ.  

ދޮން މީހުން އެމީހުންގެ ޤައުމުތަކުގައި އެ ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރެއެވެ. އެމީހުންގެ މައްޗަށް އެހެްނ ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރުމުން ބިރު ދައްކައެވެ. އެމީހުންގެ ކުރިމަތީގައި މުސްލިމް ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްކުރުމުގެ ޙައްޤުވެސް އޮންނަން ޖެހޭނީ އެމީހުން ބޭނުންވާ ގޮތަކަށެވެ!

 

މިއަދު އޮންލައިން