ސުވަރުގެ ލިބުން އެދިގެން މަސައްކަތްކުރަމުން އަންނަ މީހާ ކުރުން މުހިންމު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސުވަރުގެ ލިބުން އެދިގެން މަސައްކަތްކުރަމުން
އަންނަ މީހާ ކުރުން މުހިންމު ދުޢާއެއް!


އިންސާނާގެ ޙަޔާތް ކާމިޔާބުވުމަކީ ދުނިޔޭގައި ލިބޭ ކާމިޔާބީއެއް ނޫނެވެ. އެމީހަކަށް ސުވަރުގެ ލިބުމެވެ. އެކަން ކާމިޔާބުކުރުމަށްޓަކައި ﷲ ތައާލާގެ ޙަޟްރަތުން އެދެން ޖެހޭ 2 ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ދުނިޔޭގައި ކުރިމަތިކުރައްވަވާ ދަތިޙާލަށް ކެތްތެރިވެ އަދި ޝުކުރުވެރިވާ އަޅަކު ކަމުގައި ލައްވަވައިދެއްވެވުމެވެ. ދެވަނަ ކަމަކީ ސުވަރުގެ ލިބުމަށް ދަހިވެތިވާ، އެކަމަށް ކެތްމަދުވެފައިވާ މީހަކު ކަމުގައި ލައްވަވައި ދެއްވެވުމެވެ.  

މި 2 ކަންތައް ކާމިޔާބުކުރެވިއްޖެ ކޮންމެ މީހަކީ ދުނިޔޭގެ ޙަޔާތް ކާމިޔާބު ކުރެވިފައިވާ މީހެކެވެ!  

ދުނިޔޭގައި އެދެންވީ އުފާފާގަތިކަމަށާއި ތަނަވަސްކަމަކަށް ނޫނެވެ. އެކަންކަމުގެ ސަބަބުން މީހާއަށް މަގުއޮޅި ﷲ ތަޢާލާ އާއި ދުރުވެވިދާނެ ކަމަށްޓަކައި ބިރުވެތިވާށެވެ! އެދެންވީ ކުރިމަތިކުރައްވަވާ ދަތިޙާލަށް ކެތްތެރިވެ އަދި ޝުކުރުވެރިވުމުގެ ކުޅަދާނަކަން ދެއްވެވުމަށެވެ. އެކަމުގެ ސަބަބުން މީހާ ދާނީ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވެވެމުންނެވެ.  

ﷲ ތަޢާލާ އެންގެވި މަގުގައި ސާބިތުވެވޭނީ ސުވަރުގެ ލިބުމަށް ދަހިވެތިކަން ބޮޑުވީ ވަރަކަށެވެ. އެކަމަށްޓަކައި ކެތްތެރިކަން ކުޑަވީ ވަރަކަށެވެ. އަހުރެންގެ ވިސްނުމުގައި މި ނޫން ކަމަކަށް ކެތްތެރިކަން ކުޑަކުރުމެއް ނެތެވެ. އެހެން ހުރިހާ ކަންކަމުގައިވެސް އޮތީ ކެތްތެރިކަން އިތުރުކުރުމެވެ!

މި 2 ކަންތައް އެދޭ މީހާ މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!

"ޔާ ﷲ! ދުނިޔޭގައި މިއަޅާއަށް މިންވަރުކުރައްވަވާ ދަތިޙާލަށް ކެތްތެރިވެވޭ އަދި އިނބަ ﷲ އަށް ޝުކުރުވެރިވާ އަޅަކު ކަމުގައި ވުމަށް މިންވަރުކޮށްދެއްވަވާނދޭވެ! މިއަޅާގެ ކެތް މަދުވެފައިވަނީ ސުވަރުގެ ލިބުމަށެވެ! ސުވަރުގެ ލިބުމަށް ކެތްމަދުވުން މިއަޅާއަށް އިތުރުކޮށްދެއްވަވާނދޭވެ!" އާމީން 

 ސުވަރުގެ ލިބުމަށް ކެތްމަދުވުންކަމަށް ބުނެވެނީ އެކަމަށް އެދިގެން ކުރާ މަސައްކަތްކުރުމުގައި ހީވާގިވެ ވީހާ ގިނައިން އެމަސައްކަތް ކުރުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން