އެކަނިވެރިވާން ޖެހިއްޖެނަމަ ކުރިމަތިވި ޙާލަތުން އަރައިނުގަނެވޭނެކަމަށް ވިސްނައިދެނީ ޝައިޠޯނާ! މިމަގުން ޢަމަލުކުރުމުން ޝައިޠޯނާ ބަލިކަށިވެ ދުރަށްދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އެކަނިވެރިވާން ޖެހިއްޖެނަމަ ކުރިމަތިވި ޙާލަތުން އަރައިނުގަނެވޭނެކަމަށް ވިސްނައިދެނީ ޝައިޠޯނާ! މިމަގުން ޢަމަލުކުރުމުން ޝައިޠޯނާ ބަލިކަށިވެ ދުރަށްދާނެ! އިން ޝާ ﷲ

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް ނުވަތަ ޢާއިލާގެ މީހަކަށް ކުއްލިއަކަށް އެކަނިވެރިވާންޖެހުން ފަދަ ކަންކަން ކުރިމަތިވުމުން ލިބޭ މާޔޫސްކަން ބޮޑުވެ އޭނާގެ ވިސްނުމަކީ އޭނާއަކީ ގޮތްހުސްވެ ކުރިއަށް ދެވޭނެ މަގު ބަންދުވެފައިވާ މީހަކު ކަމަށް ވިސްނާތީ އެޙާލަތުގައި އޭނާއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟ ކިޔުންތެރިން ސުވާލުކުރައްވައެވެ. 

ސުވާލާއި ގުޅިގެން ބުނެލަން އޮތް ފުރަތަމަ ވާހަކައަކީ ތިމާގެ ކުށެއް ނެތި އެކަނިވެރިވާންޖެހިއްޖެނަމަ އެއީ މާރަނގަޅު ގޮތެއް މެދުވެރިކޮށްދެއްވަވަން މިންވަރުކުރެއްވެވި ޙާލަތެއްކަން ބަޔާންކޮށްދީ މިއަދުނޫހުގައި ވާނީ ވަރަށް ގިނަ ލިޔުންތައް ޝާއިޢުކޮށްފައެވެ. އެފަދަ ލިޔުންތަކުން ހިތްވަރު ލިބިގަންނަން ނަޞޭޙަތްދެއްވާށެވެ. އަދި ތިރީގައިވާ ލިޔުން އެކުވެރިޔާއަށް ޙިއްޞާކޮށްލައްވާށެވެ.  

މިއަދު އެންމެ ގިނަ ބައަކު އަޅުކަން ކުރަން ކަންނެތްވަނީ ވެސް ދިރިއުޅުމުގައި މައްސަލަތައް ގިނަވެ ކަންބޮޑުވާންޖެހޭ ކަންކަން ގިނަވުމުންނެވެ. އެހެން އެވަނީ އިބިލީހުގެ ބަސް ޤަބޫލުކުރެވޭތީއެވެ. ކަންބޮޑުވާން ޖެހޭ ކަންކަން ގިނަވާވަރަކަށް ނިކަން ﷲ ތައާލާ އާއި ކުއްތަންވުން އިތުރުކޮށްބަލާށެވެ! އެކަލާނގެ އަށް ފުރިހަމަ ގޮތުގައި ވަކީލުކުރުމާއިއެކު ދުޢާކުރުން ގިނަކޮށް އެކަލާނގެ ހަޟްރަތުން ވާގިއެދިބަލާށެވެ! ކަންބޮޑުވާން ޖެހުނު މައްސަލަތައް ތިބާއަށް ހީވެސް ނުކުރެވޭހައި ފަސޭހައިން ޙައްލުކުރެވި ފިލައިގެން ހިނގައިދާނެއެވެ! އިން ޝާ ﷲ  

އިބިލީސް އަބަދުވެސް އެންމެ ބޮޑަށް ފާރަލާނީ ތިބާއަށް ކަންބޮޑުވުމެއް ކުރިމަތިވާ ވަގުތަކަށެވެ. އެއްވެސް ކަމަކާއި ގުޅިގެން "މިހާރު މިވަނީ ގޮތް ހުސްވެފައެވެ. އިތުރު ގޮތެއް ނެތެވެ!" ހިތަށް އަރައިފިނަމަ އަވަހަށް އަޢޫޛް ކިޔައި އިބިލީސް ފައްސައިލާށެވެ!

ގޮތް ހުސްވާނީ އިބިލީހަށެވެ! ﷲ ތަޢާލާއަށް ފަހިކޮށް ނުދެއްވެވޭނެ ހަމަ އެއްވެސް ކަމެއް ނުވެއެވެ! ވީމާ މުސްލިމުންނަކީ އެއްވެސް ޙާލެއްގައި ގޮތް ހުސްވެ މަގުމައްޗަށް ނުކުމެ ނީލަން ކިޔެން ޖެހޭ ބައެއް ނޫނެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން