ތިބާގެ އެކައުންޓުގައި ހުއްޓަސް، އަނބުރާ ޖަމާކުރެވޭނެ ކަމުގެ ޔަޤީންކަން އޮތަސް އެހެން މީހެއްގެ ފައިސާއިން އޭނާގެ ހުއްދަ ނެތި އެއްވެސް މިންވަރެއް ބޭނުންކުރުން ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ތިބާގެ އެކައުންޓުގައި ހުއްޓަސް، އަނބުރާ ޖަމާކުރެވޭނެ ކަމުގެ ޔަޤީންކަން އޮތަސް އެހެން މީހެއްގެ ފައިސާއިން އޭނާގެ ހުއްދަ ނެތި އެއްވެސް މިންވަރެއް ބޭނުންކުރުން ހުއްދައެއް ނޫން!

ބައެއް މީހުންނަށް އަމާނާތްކަމަށް ބެލެވެނީ އަތަށްދޭ ނަޤުދު ފައިސާއެވެ. ވިސްނާލަން އޮތް ކަމަކީ އަމާނާތެއްގެ ގޮތުގައި ބަހައްޓައިލަދޭން އަނެކާ ތިމާގެ އެކައުންޓަށް ޖަމާކުރާ ފައިސާއަކީވެސް އަމާނާތް ކަމެވެ. އެފަދަ ފައިށާއެއް އެކައުންޓުގައި ހުރިނަމަވެސް އޭނާގެ ހުއްދަނެތި ބޭނުންކުރުމަކީ ޚިޔާނާތެކެވެ. 

މިޘާލަކަށް މީހަކު އަމާނާތެއްގެ ގޮތުގަ ބަހައްޓައިދޭން ތިބާގެ އެކައުންޓަށް 1000 ޑޮލަރު ޖަމާކުރީއެވެ. ތިބާ އަބަދުވެސް ފައިސާ ނަގަންވާނީވެސް އެކައުންޓުން ޚަރަދުކުރަންވާނީވެސް އަނެކާގެ 1000 ޑޮލަރުން އުނިނުވާނެ ވަރަށެވެ. އެއިން އެންމެ ޑޮލަރެއް އުނިވިޔަސް އެވެވެނީ ޚިޔާނާތެކެވެ. ވީމާ މިއީ ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އަޅުގަނޑަށް މިވަޤުތު އުޅެންޖެހިފައި މިވަނީ ވަރަށް ދަތިޙާލުގައެވެ. އެހެންވެ ވަޒީފާގެ އިތުރުން އަމިއްލަ މަސައްކަތެއްވެސް ފަށައިފީމެވެ. ބޭބެ ރައްކާކުރަންދީފައިހުރި ވަރަށް ގިނަ ފައިސާ އަލުގަނޑުގެ އެކައުންޓުގައި އެބަހުއްޓެވެ. ވިޔަފާރިން ކުރިއެރުން ލިބުމުން އަނބުރާ ޖަމާކުރާ ގޮތަށް އެފައިސާގެ ބޭނުންކުރުން ހުއްދަވާނެތޯ؟  

ސުވާލުގެ ޖަވާބަކީ ހުއްދައެއް ނުވާނެއެވެ. އެހެނީ އެފައިސާއަކީ ތިބާގެ އަތުގައި ބަހައްޓާފައި ހުރި އަމާނާތެކެވެ. އަމާނާތަށް ޚިޔާނާތްތެރިވުމަކީވެސް ހަމަ ކުރެވޭ ވައްކަމެކެވެ. ނަން ތަފާތަސް ކުރެވެނީ އެއްކަމެކެވެ. ވީމާ ބޭބެއާއި ވާހަކަދައްކައި ހުއްދަ ހޯދައިގެން ނޫނީ އެންމެ ރުފިޔާއެއްގެވެސް ބޭނުން ނުކުރާށެވެ! އަނބުރާ ދެއްކޭނެ ކަމުގެ ޔަޤީންކަން އޮތަސްވެސްމެއެވެ. ބޭބެއަށް ނުއެނގުނަސް ﷲ ތަޢާލާއަށް ސިއްރެއް ނުކުރެވޭނެއެވެ. މަސައްކަތް ކުރިއަރައި ލިބޭ އާމްދަނީގައި ބަރަކާތް ލައްވަވާނީ އެއިރުންނެވެ. އިން ޝާ ﷲ  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!   

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އެންމެ ގިނަ ބައަކަށް މިހާރު އެންމެ ފަސޭހައިން ގޯޅި އެޅެމުންދަނީ މާލީ ނުތަނަވަސްކަމެއް ކުރިމަތިވުމުންނެވެ. އެ ޙާލަތުގައި އަވަސްވެގަނެވެނީ ލިބެން އޮތް ގޮތަކުން ފައިސާ ހޯދުމަށެވެ.

ކިތަންމެ އަތްމަތި ދަތިވި ނަމަވެސް އަތުގައި އަމާނާތުގެ ގޮތުގައި ހުރި އެއްޗަކުން ހުއްދަ ނެތި ބޭނުން ނުކުރާށެވެ! ފަހުން އަނބުރާ ލުމުގެ ނިޔަތުގައި ނަމަވެސް ބޭނުންކޮށްފިނަމަ އެކަންވާނީ ވެވޭ ޚިޔާނާތަކަށެވެ. އެއިރުން އެ އަރައިގަނެވެނީ އެހެން މީހެއްގެ ނުވަތަ ބައެއްގެ ޙައްޤަކަށެވެ.  

ހަމަ އެއާއިއެކު ކިތަންމެ ފަސޭހައިން ލިބެން އޮތް ނަމަވެސް ރިބާ ހިމެނޭ ލޯނު ނެގުން ފަދަ ކަންކަން ނުކުރާށެވެ! ރިބާގެ ޛައްރެއްގެ މިންވަރުވެސް ހިމެނޭ އެއްވެސް މުޢާމަލާތެއް ނުކުރާށެވެ! އެކަން ވާނީ ބޮޑުވެގެންވާ ފާފައަކަށެވެ. އެކަމުގެ ސަބަބުން މީހާއަށް އިތުރު މުޞިބާތްތައް ކުރިމަތިވުން ނޫން ކަމެއް ނުވާނެއެވެ!  

ކޮންމެ ނަމެއް ކިޔާފައި ބޭނުންކުރި ނަމަވެސް ކަމުގެ އަޞްލަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. އިންޓަރެސްޓް، ސަރވިސް ޗާޖް ފަދަ އެއްވެސް ނަމަކުން ކަމުގެ ޙުކުމް ބަދަލެއް ނުވާނެއެވެ! ވީމާ ﷲ ތަޢާލާއަށް ބިރުވެތިވެ ކެތްތެރިވާށެވެ. ދުޢާކުރާށެވެ! މާ ރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ 

"އީމާންތެރިންގެ މިސާލަކީ ޅަ ގަހެއްގެ މިސާލެވެ. ވައި ގަދަވުމުން ގަސް ލެނބެއެވެ. ވައިމަޑުވުމުން ތެދަށް ހުރެއެވެ. އީމާންތެރިންނަކީ  މުސީބާތުގެ ވަގުތުގައި ވެސް ﷲ ތަޢާލާއަށް ތެދުވެރިކަމާއިއެކު ސާބިތުވާ މީހުންނެވެ. އެކަމުގެ ސަބަބުން އެމީހަކަށް ޖެހިފައިވާ ތަކްލީފްތައް ﷲ ތަޢާލާ ފިލުއްވަވައި ދެއްވަވަތެވެ!" 

ދަތި އުނދަގޫ ހާލަތު ނުވަތަ މުޞީބާތްތައް ކުރިމަތިވުމުން ކޮންމެ މީހަކަށްވެސް ތަކްލީފްތަކެއް ޖެހެއެވެ. އީމާންތެރިންނަކީ އެކަމަށް ކެތްތެރިވާ އަޅުންނެވެ. ކެތްތެރިވެ އީމާންކަމުގައި ސާބިތުވާ އަޅުންނެވެ. މުޞިބާތުން ސަލާމަތްވުމަށް ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ ޢަމަލުތައް ނުކުރާ މީހުންނެވެ.  

ދަތިޙާލުގައިވެސް ތެދުވެރިވެ ﷲ އަށް ކިޔަމަންތެރިވާށެވެ. ތަނަވަސްކަން ދެއްވެވޭނެ ފަރާތަކީ ﷲ ކަން ހަނދާނުން ދުރުކޮށްނުލާށެވެ!  އިސާހިތަކު ދަތިތަކުން ސަލާމަތްކުރައްވަވައި ދެއްވަވައިފާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން