ޤިޔާމަތް ދުވަހަށް ބިރުވެތިވޭ!: އަނބިދަރިންވެސް ހިމެނޭހެން ހަމައެކަކަށްވެސް އަނިޔާވެރިވާނަމަ އަނދިރިކަން އެމީހަކާ ކުރިމަތިލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޤިޔާމަތް ދުވަހަށް ބިރުވެތިވޭ!: އަނބިދަރިންވެސް ހިމެނޭހެން ހަމައެކަކަށްވެސް އަނިޔާވެރިވާނަމަ އަނދިރިކަން އެމީހަކާ ކުރިމަތިލާނެ!

ހަމަ ޔަޤީނުންވެސް އެއްވެސް މީހަކީ ތިމާއަށް އެއްވެސް މިންވަރެއްގެ އަނިޔާއެއް ލިބުމަށް ރުހޭނެ މީހެއް ނޫނެވެ. އެހެންކަމަށްވާއިރު އެހެން މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އެއްވެސް މީހަކަށް އަނިޔާވެރިވުމުގެ ހުރި ނުބައިކަން ނިކަން ދެކިބަލާށެވެ! 

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.  

"ތިއަބައިމީހުން އަނިޔާވެރިވުމަށް ބިރުވެތިވާށެވެ! ފަހެ ހަމަކަށަވަރުން، އަނިޔާވެރިކަން ގިޔާމަތް ދުވަހުން ވާހުށީ ކަޅުއަނދިރިތަކެއް ކަމުގައެވެ." - رواه مسلم- 

މި ޙަދީޘްފުޅަށް ބިރުވެތިވާށެވެ! ހަމަ އެކަކަށްވެސް އަނިޔާވެރިނުވާށެވެ! އަނބިދަރިންނާއި ތިމާގެ ބެލުމުގެ ދަށުގައިވާ އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! ހިތުގައި ޖެއްސުވުމަކީވެސް ހަމަ އަނިޔާވެރިވުމެވެ. އަނބިދަރިންނަށާއި ތިމާ ޚަރަދުކުރަންޖެހޭ މީހުންނަށް ޚަރަދުނުކުރުމަކީވެސް އަނިޔާވެރިވުމެވެ. މުވައްޒިފުންނާއިމެދު ޢަދުލުވެރިނުވުމާއި ބޭއިންޞާފުން ކަންކަން ކުރުމަކީވެސް ހަމަ އަނިޔާވެރިވުމެވެ.  

ޔަޤީންކުރަން އޮތް ކަމަކީ އިންޞާފު ޤާއިމުކުރެވި އެމީހަކު ކުރި ޢަމަލަކަށް ޒިންމާވާންޖެހޭނެ ދުވަހެއް ކުރިއަށް އެބަ އޮތް ކަމެވެ.  

- ޙަދީޘްފުޅުގެ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފ

 

 

މިއަދު އޮންލައިން