ބައެއް އަންހެނުން ކައިވެނި ރޫޅި ދާނެތީ ބިރު ނުގަންނަނީ ކީއްވެ؟ މިއޮތީ ސަބަބާ ޙައްލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބައެއް އަންހެނުން ކައިވެނި ރޫޅި ދާނެތީ ބިރު ނުގަންނަނީ ކީއްވެ؟ މިއޮތީ ސަބަބާ ޙައްލު!

ސިއުޒާ

 

އަޅުގަނޑަށް ފެންނަ ގޮތުގައި މިހާރު ގިނަ އަންހެނުން އެކަނި އުޅެން ބިރު ނުގަންނާތީ ކައިވެނިމަތީގައި ދެމި ނުހުރެވެނީއެވެ. އެމީހުންނަށް އަބަދު އިޙްތިރާމް ނުކުރުމާއި، ނުރައްކަލާއި، ހިތާމައާއި މިފަދަ ކަންކަން ކުރިމަތިވާނަމަ އެއްބަޔަކު ކަމެއް ނުވާކަމަށް ހަދައިގެން އުޅުމުގެ ބަދަލުގައި ސުލްހަ އިޙްތިޔާރު ކުރެއެވެ.

އެހެންކަމުން ކައިވެނީގެ ގޮތުން ގުޅިގެން އުޅޭމީހުން މިކަމުން ދަސްކުރަންވީ ކަމަކީ ކައިވެނި ދެމެހެއްޓޭނީ ބިރު ދައްކައިގެން ނޫންކަމެވެ. ކައިވެނި ދެމެހެއްޓުމަށްޓަކާ ލޯތްބާއި، އިޙްތިރާމާއި، އިތުބާރު އަދި ސާފު ސީދާ ބަހުން ވާހަކަ ދެއްކުން އޮންނަން ވާނެކަމެވެ. މި ކަންކަން އެކުލެވޭނަމަ ދެމަފިރިންނަށް އެކުގައި ވެވޭނެއެވެ.  

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކައިވެނިކުރުމަށްފަހު ފިރިމީހާއަށް ކިޔަމަންތެރިވުމުގެ ގޮތުން އަނބިން ގޭގައި ތިބި ނަމަވެސް ގިނަ އަންހެނުންނަކީ ވަޒީފާއަދާކުރެވޭނެ ފެންވަރަށް ކިޔަވައި ތަމްރީނުވެގެން ތިބި ބައެކެވެ. ވީމާ އެކަނި އުޅެންޖެހުމަކީ އެމީހުންނަށް ހަތަރު އުދަރެސް ފެނުޖެހޭ ކަމަކަށް ނުވެއެވެ.  

އަހުރެން މިވާހަކަ މިދައްކަނީ ފިރިންގެ ޤަދަރު ކުޑަކުރަން ނުވަތަ ބިރުދައްކާކަށް ނޫނެވެ. މިކަންކަމަށް ނުވިސްނާ ފިރިންނަށް ވިސްނައިދިނުމަށެވެ. އަހުރެމެންނަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނީ ދެމަފިރިންވެސް އެކަކު އަނެކަކަށް ޤަދަރުކޮށްގެންނެވެ. އަނެކާގެ އަގުވަޒަންކޮށްގެންނެވެ.  

ބަލަންވީ ގެއަށް ގިނަ ފައިސާ ވައްދަނީ ކާކުކަމެއް ނޫނެވެ. އަދި ފައިސާ ވައްދަނީ ފިރިމީހާ އެކަނި ކަމެއްވެސް ނޫނެވެ. ކައިވެންޏަކީ ދެމީހުން ގުޅިގެން ކުރިއަށް ގެންދެވޭނެ އެއްޗެއް ކަމެވެ. އެކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެކަން ދެމެހެއްޓޭނީ އަނބިން ގޭގައި ތިބެގެން ކުރާ މަސައްކަތުގެ އަގުވަޒަންކޮށްގެންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

- މިއަދުނޫސް

މިއަދު އޮންލައިން