ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 7 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 7 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމްކޮށްފި

ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ޤާއިމުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް 7 ރަށެއްގައި ފިއުލް ސްޓޭޝަންތައް ޤާއިމްކޮށް، ޢާންމުންނަށް ޚިދުމަތް ދޭން ފަށައިފިއެވެ.

2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އިފްތިތާޙްކުރެވުނު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، އިތުރު ރަށްތަކެއްގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ. އެގޮތުން ނ. މަނަދޫ އަދި އދ. ދަނގެތީގައި ފިއުލް ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މީގެ އިތުރުން، ދ. ކުޑަހުވަދޫ އަދި ވިލިމާލޭގައިވެސް ފިއުލް ސްޓޭޝަން ޤާއިމްކުރުމަށް ބޭނުންވާ ޢަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަށާއި ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

މިއަދު އޮންލައިން