އަންނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ދަނޑުވެރިންގެ ބާޒާރުގައި ތަކެތި ވިއްކަން ބޭނުންވާ ރަށްރަށަށް އެ ފުރުޞަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ފުރުޞަތަށް އެދި ހުށަހަޅަންޖެހެނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ. އަދި މި މާރުކޭޓު ޤާއިމުކުރާނެ ތަނެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ނަން ހުށަހަޅާ ރަށްރަށުގެ ޖުމްލަ ޢަދަދަށް ބެލުމަށްފަހުގައެވެ.
މި މާރުކޭޓުގައި ވިއްކުމަށް ހުއްދަ ދެވޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި ހައްދާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތައް އެކަންޏެވެ. މީގެއިތުރުން، މި މާރުކޭޓުގައި ވިޔަފާރި ކުރުމުގެ އެއްވެސް ކަމެއްގައި ބިދޭސީން ހަރަކާތްތެރިވުމަކީ މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.