ހިލޭ އެހީގެ ގޮތުގައި 499 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ހިލޭ އެހީގެ ގޮތުގައި 499 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 499 މިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ މިއަހަރުގެ ބަޖެޓުގައި މި މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި 373 މިލިޔަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

މާލީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 28.7 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %6.2 ގެ ކުރިއެރުމެކެވެ. ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީ %8.5 އިތުރުވެ، 22.35 ބިލިޔަން ރުފިޔާއަށް އަރާފައިވުމެވެ.

އާމްދަނީ އިތުރުވި ނަމަވެސް، މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ %17 އިތުރުވެފައެވެ. އެގޮތުން ޖުމްލަ ޚަރަދު ވަނީ 30.86 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އަދި ދަރަންޏާއި އިންޓްރެސްޓް ހިމަނައިގެން ބަލާއިރު، މުޅި ބަޖެޓުން 2.13 ބިލިޔަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވާ ކަމަށް ވެސް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ.

މިއަދު އޮންލައިން