ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، މުޅިން ހިލޭ ގުޅޭ ޚާއްޞަ ހޮޓްލައިނެއް ކަމަށްވާ '1456' ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި މުހިންމު ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިންނެވެ. މިއީ ޒުވާނުންނަށް ދިމާވާ އެކި ކަހަލަ ނަފްސާނީ ގޮންޖެހުންތަކަށް ފަސޭހައިން އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި ޚިދުމަތެކެވެ.
މި ހޮޓްލައިން މެދުވެރިކޮށް ކައުންސެލިންގ ދިނުމާއި، ނަފްސާނީ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ޞިއްޙީ ސްކްރީނިންގ އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މުހިންމު އިރުޝާދުތައް ލިބިގެންދާނެއެވެ.
ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް 1456 އަށް ގުޅައިގެން މި ޚިދުމަތްތައް މުޅިން ހިލޭ ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.