ކުރާ ޞަދަޤާތުގެ ފައިދާ އެންމެ ބޮޑަށް ކުރާނެގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކުރާ ޞަދަޤާތުގެ ފައިދާ އެންމެ ބޮޑަށް ކުރާނެގޮތް!

ހެޔޮ ޢަމަލުކުރުމުގައި ބަލަންވީ އެންމެ މަތީދަރަޖައިން ކަންކަންކޮށް އެންމެ ގިނަ ޘަވާބު ހޯދަން މަސައްކަތްކުރުމަށެވެ. އެހެންކަމުން މީހުންނަށް އެހީތެރިވުމާއިމެދު ވިސްނާލަމާހެއްޔެވެ؟  

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މީސްތަކުންނަށް އެހީތެރިވުމުގައި 3 ދަރަޖައެއްވެއެވެ.  

1 ތިމާއަށް ބޭނުން ނުހިފޭނެ އެއްޗެތި މީހުންނަށް ދިނުން.

2. ތިމާ ބޭނުންކުރާ ފެންވަރުގެ ތަކެތި މީހުންނަށް ދިނުން

3. ތިމާގެ ބޭނުންތަކަށް ނުބަހައްޓައި މީހުންނަށް އެއްޗެތި ދިނުން  

މީގެ ތެރެއިން އެންމެ މަތީ ދަރަޖައަކީ " ތިމާގެ ބޭނުންތަކަށް ނުބަހައްޓައި މީހުންނަށް އެއްޗެތި ދިނުމެވެ." ދެވަނަ ދަރަޖައަކީ "ތިމާ ބޭނުންކުރާ ފެންވަރުގެ ތަކެތި މީހުންނަށް ދިނުމެވެ." އެންމެ ދަށުދަރަޖައަކީ  "ތިމާއަށް ބޭނުން ނުހިފޭނެ އެއްޗެތި މީހުންނަށް ދިނުމެވެ."  

މިއަދު މީސްތަކުންގެ ތެރެއިން ގިނަ ބައަކަށް ޢަމަލުކުރެވެނީ އެންމެ ދަށުދަރަޖައިންނެވެ. މީހުންނަށް ދެވެނީ ތިމާއަށް ބޭނުން ނުހިފޭނެ ތަކެއްޗެވެ. ވީމާ މިއީ އިޞްލާޙްކޮށްލަން ޖެހިފައިވާ ކަމެކެވެ.  

ހަނދާންކޮށްލާށެވެ! މަދީނާއަށް ހިޖުރަކުރެއްވި ބޭކަލުންނަށް މަދީނާގެ އަހުލުވެރިންގެ މުދަލުން އެއްބައި ދެއްވިއިރު ދެއްވެވީ އެންމެ ރަނގަޅު ތަކެއްޗެވެ. ދެއަނބިން ތިބިނަމަ އެބޭކަލަކަށް އެންމެ ރީތިވި އަނބިކަނބަލެކެވެ.  

ކޮންމެއަކަސް މިއަދު އަހަރެން ބުނާނީ އެންމެ ދަށުދަރަޖައިންނަމަވެސް އެހީތެރިވާށެވެ. ބޭނުން ނުކުރާ އަންނައުނު ފަދަ ތަކެތި ނުބަހައްޓާށެވެ. ކައިފަ ބާކީވާ ތަކެތިވެސް އުކައިނުލާށެވެ. އަދި ކީއްހެއްޔެވެ؟ ދަރިންނަށް ހޯދައިދޭ ކުޅޭތަކެތިވެސް ބާކީކޮށްފައި އެކައިނުލާށެވެ! އެއްވެސް އެއްޗެއް ނުލިބި ތިބޭ ކުދިންނަށް އެވެސް ވާނީ ވަރަށް އަގުބޮޑު އެއްޗަކަށެވެ.

 

- ޢުމަރު ސުލޭމާނުގެ ދަރުސަކުން   

މިއަދު އޮންލައިން