ސިއުޒާ
ކައިވެންޏަކީ ބަގީޗާއެއް ފަދަ އެއްޗެކެވެ. ތިބާ އެއަށް ފެން ދިނުން ހުއްޓާލާއިރަށް މާތައް ހިކެން ފަށައެވެ. ލޯބި، އިޙްތިރާމް، ތެދުބަހުން ވާހަކަދެއްކުން، މާފްކުރުން އަދި ކެއްތެރިކަން، މިއީ ކައިވެންޏެއްގެ ދިރުމުގެ އަސްލެވެ.
ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް ދެބަސްވުންތައް ހުންނާނެއެވެ. އެންމެ ބާރުގަދަ ކައިވެންޏަކީ މައްސަލަތަކެއް ނެތް ކައިވެންޏެއް ނޫނެވެ. އެހެނަސް އެންމެ ބާރުގަދަ ކައިވެންޏަކީ އެކަކު އަނެކަކާ ޒުވާބުކޮށް ހަނގުރާމަ ކުރުމުގެ ބަދަލުގައި، ދެމަފިރިން އެކުގައި ގުޅިގެން މައްސަލަތައް ހައްލުކުރުމަށް އިޚްތިޔާރު ކުރާ ކައިވެނިތަކެވެ.
ހަނދާން ކޮށްލަންވީ ކަމަކީ އެންމެ ކާމިޔާބު ކައިވެންޏަކީ އެންމެ ފުރިހަމަ މީހާއާއި ކުރެވޭ ކައިވެނި ނޫންކަމެވެ. ކައިވެނީގެ އެންމެ ބޮޑު ކާމިޔާބީއަކީ ފުރިހަމަ ނޫން ދެބައިވެރިން އެކަކު އަނެކަކުގެ މައްޗަށް އުއްމީދ ކަނޑާނުލައި ކުރިއަށް ދިޔުންކަމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް