ތިމާއަށްވެސް ދަރިންނަށްވެސް އެންމެ ފައިދާކުރާނެ، އެއްވެސް އިރަކު ތިމާއާ ވަކިނުވެ ޝަފާޢަތްތެރިވާނެ އެކުވެރިއަކީ ޤުރްއާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިމާއަށްވެސް ދަރިންނަށްވެސް އެންމެ
ފައިދާކުރާނެ، އެއްވެސް އިރަކު ތިމާއާ ވަކިނުވެ ޝަފާޢަތްތެރިވާނެ އެކުވެރިއަކީ
ޤުރްއާން!


 ދަރިންގެ އަޚްލާޤް ގޯސްވުމާއި

މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އަދި ދީނާއި ދުރުހެލިވާތީ ކަންބޮޑުވުން އިތުރުވަމުން އަންނައިރު މިކަންކަން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ޤުރުއާނާއި ދުރުވުމެވެ.  

ދުނިޔޭގައިވެސް ބަރުޒަޚުގައިވެސް ޤިޔާމަތުގައިވެސް ތިބާ ދޫކޮށް ނުލާނެ، ތިބާއަށް މަންފާ ކުރާނެ ޙަޤީޤީ އެކުވެރިއަކީ "ޤުރްއާން" އެވެ. އަޅުގަނޑުމެންގެ ދަރިންނަށް ހޯދައިދޭންވީ މިފަދަ އެކުވެރިއެއް ނޫންތޯއެވެ؟ ދަރިންގެ އަޚްލާޤު ގޯސްވެ ދީނާ ދުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ޤުރުއާނާ ދުރުވުމެވެ. ވީމާ މިއީ ކިޔަވާ ދަރިވަރުންގެވެސް މަޖުބޫރު އެކުވެރިއެއްކަމުގައި ވާން ޖެހެއެވެ.

ޤުރުއާނަކީ:

މުސްލިމުންގެ ހިތްތައް އަލިކޮށްދޭ ދަންމަރު ތެދުމަގަށް މަގުދައްކައިދޭ އާރުކާޓީ ފުރާނައިގެ ކާނާ ހިތްތަކުގެ ޝިފާ ހިތްހަމަޖެމުގެ ބަހާ ހުރިހާ ޢިލްމެއްގެ ނާރެސް ބާއްޖަވެރިކަމުގެ އަސާސް އެއީ މުޅި ޙަޔާތުގެ ހުރިހާ މައިދާނެއްގައި ހުރިހާ މަރުހަލާއެއްގައި މަޖުބޫރު މާއްދާއެއް

--ޝައިޚް އިލްޔާސް ޖަމާލް

 

ރާއްޖޭގެ ޘަޤާފަތަށް ބެލި ނަމަވެސް ދަރިންނަށް އެންމެ ފުރަތަމަ ވެސް އުނގަންނައިދެމުން އަންނަނީ ކީރިތި ޤުރްއާނެވެ. ކިރިޔާ ވާހަކަދައްކަން ފެށޭ ހިސާބުން ދަސްކޮށްދެމުން އަންނަނީ އަލިފުބާއެވެ. ފިލާ ބަނޑުޖަހައިގެން އެދުރުދައިތައަށް ނުހިނގޭހައި ކުޑައިރުވެސް ފިލާ ދީފައި އެދުރުދައިތަ ގާތަށް އަންނަނީ ފޮނުވަމުންނެވެ.

 

ޒަމާން ބަދަލުވެ ކަންކުރާ އުޞޫލަށް ބަދަލުތައް އައިސްފައިވީ ނަމަވެސް އަދިވެސް ގިނަ ބައަކު އަމަލުކުރަމުން އަންނަނީ މިއުޞޫލުންނެވެ. މައްސަލަތައް އިތުރުވަމުން މިއަންނަނީ މިކަންކަމަށް ދޭ ސަމާލުކަން ކުޑަވުމުންނެވެ.

 

--މިއަދުނޫސް

 

 

 

 

 

 

މިއަދު އޮންލައިން