ކުރަމުން އަންނަ އެންމެ ފާފައެއްނަމަވެސް ދޫކޮށްލައި އެކަމުން ތިމާގެ ދިރިއުޅުމަށް ކުރާ ފައިދާ ނިކަން ތަޖުރިބާކޮށްލައިބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކުރަމުން އަންނަ އެންމެ ފާފައެއްނަމަވެސް ދޫކޮށްލައި އެކަމުން ތިމާގެ ދިރިއުޅުމަށް ކުރާ ފައިދާ ނިކަން ތަޖުރިބާކޮށްލައިބަލާށެވެ!

"ﷲ އަށްޓަކައި ކަމެއް ދޫކޮށްލައިފިމީހަކަށް އެއަށްވުރެ ހެޔޮބަދަލެއް ﷲ ދެއްވާނެއެވެ. މިއީ ފެންނަންހުރި ޙަޤީޤަތެކެވެ. ﷲ ގެ ޢަޛާބަށް ބިރުވެތިވެ އަދި ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދިގެން, އެއިލާހު ޙަރާމްކުރެއްވިކަމެއް ދޫކޮށްލައިފިނަމަ، އެމީހެއްގެ ހިތަށް އަރާމާއި ހަމަޖެހުން ލިއްބައިދެއެވެ. އަދި ހެޔޮކަންތަކަށް ލޯބިޖެހެއެވެ." 

"ދުވާލަކު ހަތްދިހަ އަށްވުރެ ގިނަފަހަރު ރަސޫލާ ﷺ ފާފަ ފުއްސެވުން އެދި ދުޢާ ކުރެއްވެވިއެވެ." ކުރެވޭ ނުބައި ޢަމަލުތައް ކުރުން ހުއްޓާލައި ގިނަގިނައިން ތައުބާވާ މީހަކު ކަމުގައިވާށެވެ!

ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރުމުން ދުނިޔޭގައި އުފަލެއް ލިބިދާނެއެވެ. ނަމަވެސް އެކަން ދެމިގެންދާނީ ދާދިކުޑަކުޑަ ވަޤުތުކޮޅަކަށެވެ. ދާއިމަށް ދެމިގެންދާނެ، ދާއިމަށް އެމީހަކާއިއެކުގައިވާނެ އުފާވެރިކަން ލިބުން އޮތީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ އަޅެއްގެ ގޮތުގައި މަރުވެވިއްޖެނަމައެވެ.  

އެންމެ ބޮޑެތި ފާފަތައް ޝައިޠޯނާ ޒީނަތްތެރިކުރުވާނެއެވެ. އެފަދަ ބޮޑެތި ފާފަތައްކުރަން ހިތްވަރުދީ ވަސްވާސްވެސްދޭނެއެވެ. އަދި ފާފަކުރެވޭނެ މަގުވެސް ފަހިކޮށްދީ މަގުދައްކައިދޭނެއެވެ. އަހުރެމެންނަށް ޙަޤީޤީ އުފާވެރިކަމެއް ހޯދެން އޮތީ ޝައިޠޯނާއަށް ނޫނެކެވެ ބުނެވިގެންނެވެ.

ދުޢާއަކީ ޝައިޠޯނާގެ ވަސްވާސްތަކަށް ނޫނެކެވެ ބުނެ ﷲ ތަޢާލާއަށް ކިޔަމަންތެރިއަޅުންގެ ގޮތުގައި ޘާބިތުވެ ތިބުމުގެ ހިތްވަރު މިންވަރުކުރެއްވެވުމެވެ. އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން