ކޮންމެ މުސްލިމަކުވެސް އެމީހަކަށާއި އެމީހެއްގެ ދަރިންނަށްޓަކައިވެސް ކުރަން އެންމެ ފައިދާހުރި ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ކޮންމެ މުސްލިމަކުވެސް އެމީހަކަށާއި އެމީހެއްގެ ދަރިންނަށްޓަކައިވެސް ކުރަން އެންމެ ފައިދާހުރި ދުޢާއެއް!

ޔާ ﷲ! މިއަޅާއާއި މިއަޅާގެ ދަރިންނަކީ ކީރިތި ޤުރްއާނަށް ލޯބިކޮށް ޢަމަލުކުރާ ބައަކު ކަމުގައި ލައްވަވާނދޭވެ! އަދި އަޅަމެންނަށް ކީރިތި ޤުރްއާނުގެ މަތިވެރި ނޫރުން ނޫރު ދެއްވަވައި އެނޫރުގެ އަލިކަން ގަދަކުރައްވަވާނދޭވެ! ހިނދުކޮޅަކަށް ނަމަވެސް އެނޫރު ފަނޑު ނުކުރައްވަވާނދޭވެ!  

ޔާ ﷲ! އަޅަމެންނަކީ ގިނަގިނައިން ކީރިތި ޤުރްއާން ކިޔަވާ ބައަކު ކަމުގައި ލައްވަވާނދޭވެ! އެކަމުގެ ސަބަބުން ކަންބޮޑުވުންތަކުން ސަލާމަތްކޮށްދެއްވަވާނދޭވެ! ހިތަށް ހަމަޖެހުމާއި އުފާވެރިކަން މިންވަރުކުރައްވަވާނދޭވެ!  

ޔާ ﷲ! އެންމެ ފުރިހަމަ ގޮތުގައި އަޅަމެންނަށް ހިދާޔަތު ދެއްވަވާނދޭވެ! ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ލޯބިކޮށް ޢަމަލުކުރާ ބައަކު ކަމުގައި ލައްވަވާނދޭވެ!  

ޔާ ﷲ! ޤިޔާމަތް ދުވަހު އަޅަމެންނަށް ރަޙުމަތް ލައްވަވާނދޭވެ! އަދި އެބައަކަށް އިނބަ ﷲ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އަޅުންނާއިއެކު އަޅަމެން މަޙްޝަރުކުރައްވަވާނދޭވެ! އާމީން

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން