ސުވާލަކީ "ފިރިހެނުންނަށްވުރެ އަންހެނުންގެ ޢުމުރު ދިގުވާކަމަށް ފާހަގަކުރެވެނީ ކީއްވެ ހެއްޔެވެ؟"
އެންމެ މަޤްބޫލު ދެޖަވާބަކަށްވީ:
"ބާޒާރުކުރުމަކީ ހާޓްއެޓޭކްޖެހޭ ކަމެއް ނޫނެވެ. އެކަމަކު ބިލްތައް ދައްކަން ޖެހުމަކީ ހާޓްއެޓޭކްޖެހޭ ކަމެކެވެ."
މިޖަވާބުދިނީ ފިރިހެނެކެވެ.
"ފުރާނައަށް ބެލުމެއް ނެތި ބޮޑެތި ބަލިތައްޖެހޭ ފާފަތައް ކުރަނީއެވެ. ނެތް ހަކަތަ ނެރެންވެގެން ޞިއްޙަތަށް ބެލުމެއް ނެތި ބާރުގަދަ ބޭސްތައް ކަނީއެވެ.ނުނިދާ ހޭލައިހުރެ ވަޤުތުތައް ބޭކާރުކުރަނީއެވެ. "
މިޖަވާބުދިނީ އަންހެނެކެވެ.
ސުވާލާއި މިދެޖަވާބަކީވެސް ދިރިއުޅުމާއި ގުޅުންހުރި ކަންކަމެވެ. މިފަދަ ސުވާލުތައް އުފައްދައި ބަހުސްތައް ކުރަނީ ވަކިމީހަކު ކުށްވެރިކުރާކަށް ނޫނެވެ. ދިރިއުޅުމާއިމެދު ހޭލުންތެރިކުރުވުމަށެވެ. އެހެންވެ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށްވެސް ގެނައީއެވެ.
- މިއަދުނޫސް