މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަންކުރައްވައިފިއެވެ.
ޕީސީބީން ހާމަކުރައްވާފައިވާ ގޮތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އަލަށް އައްޔަންކުރައްވާފައިވަނީ ގއ. ވިލިނގިލި، ވިޜަން، އަލްފާޟިލް ބުޝްރީ މުޙައްމަދު އަދި ގއ. ނިލަންދޫ، ވައިލެޓްވިލާ، އަލްފާޟިލް ނާޞިޙް އިބްރާހިމް އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ޤާނޫނީ ބާރު ލިބިދީފައިވަނީ ޕީސީބީއަށެވެ.