އެގްރިބޯޓުގެ އޮޕަރޭޝަން ރަސްމީކޮށް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
އެގްރިބޯޓުގެ އޮޕަރޭޝަން ރަސްމީކޮށް ފަށައިފި

ދަނޑުވެރިންގެ އުފެއްދުންތައް މާލޭގެ ބާޒާރަށާއި އެއްރަށުން އަނެއް ރަށަށް އުފުލުމަށްޓަކައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ބަނދެފައިވާ އެގްރިބޯޓުގެ އޮޕަރޭޝަންތައް ރަސްމީކޮށް ފަށައިފިއެވެ.

މި ބޯޓުގެ ފުރަތަމަ ދަތުރުގައި ހައްދުންމަތީ ގަމުގެ ދަނޑުވެރިންގެ 11,200 ކިލޯގްރާމްގެ ތަކެތި މާލެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި އޮޕަރޭޝަނުގެ މައިގަނޑު މަޤްޞަދަކީ ދަތުރުފަތުރުގެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަނޑުވެރިންގެ ބާޒާރު ތަރުތީބުކޮށް، އެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެހީތެރިވެދިނުމެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ދަނޑުވެރިން ހައްދާ ތަކެތި ގަތުމާއި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ނުވަތަ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް ހިންގާ ބޮޑު ޕްރޮގްރާމެއްގެ މުހިންމު ބައެކެވެ.

ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމުގެ ގޮތުން، ބަރެސްދޫ، އަރިއަދޫ އަދި މުލިދޫގައި އެގްރި ޓޫރިޒަމާއި ދަނޑުވެރިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް ވެސް އެގްރޯނެޓުން މިހާރު ދަނީ ވަމުންނެވެ.

މިއަދު އޮންލައިން