ކާބޯތަކެއްޗާއި ތެލާއި ބޭސް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކާބޯތަކެއްޗާއި ތެލާއި ބޭސް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި: މާލީ ވަޒީރު

ދުރާލާ ވެފައިވާ ތައްޔާރީތަކުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެޔޮ އަދި ބޭސް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ފުރިހަމައަށް ހަމަޖެހިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަޝިޕްގެ ދަށުން، ދުރާލާ ޕްލޭންކޮށްގެންނާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކޮށްގެން، ދަރަނި ޒިންމާދާރުކަމާއެކު ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ. އަދި އަސާސީ ކާބޯތަކެއްޗާއި، ތެލާއި ބޭސް އެތެރެކުރުމުގެ އިންތިޒާމުތައް މެދުކެނޑުމެއް ނެތި ރައްކާތެރިކަމާއެކު ހަމަޖެހިފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނީގެ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ދައްކައި، އެ ދަރަނި މިއަދު އެއްކޮށް ދައްކާ ޚަލާޞްކޮށްފައިވާ ކަމަށްވެސް މާލީ ވަޒީރު ހަސަން ޒަރީރު ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން