އަލަށް ޙަވާލުވާ ރަށްރަށުގެ ޙާލަތު ދެނެގަތުމުގެ ސާރވޭތައް ސްޓެލްކޯއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
އަލަށް ޙަވާލުވާ ރަށްރަށުގެ ޙާލަތު ދެނެގަތުމުގެ ސާރވޭތައް ސްޓެލްކޯއިން ފަށައިފި

މުޅި ރާއްޖެއަށް ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ޙަވާލުކުރެއްވުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، އެ ކުންފުނީގެ ދަށަށް އަލަށް ގެންނަ ރަށްރަށުގެ ޙާލަތު ދެނެގަތުމަށް ޚާއްޞަ ސާރވޭތަކެއް ފަށައިފިއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މި ނިންމެވުމާ ގުޅިގެން، އެ ކުންފުނީގެ ޓީމުތަކުން މިހާރު ދަނީ އައްޑޫ ސިޓީ އަދި ތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތަކުގެ ޙާލަތު ދެނެގަތުމުގެ ސާރވޭގެ މަސައްކަތްތައް ފުރިހަމަކުރަމުންނެވެ.

ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިންނެވެ.

މިއަދު އޮންލައިން