މޯލްޑިވިއަނުން ދ. ކުޑަހުވަދޫ ދާލު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
މޯލްޑިވިއަނުން ދ. ކުޑަހުވަދޫ ދާލު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ދ. ކުޑަހުވަދޫގައި ހިންގާ ދާލު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ދަތުރުތައް ފެށުމާ ގުޅިގެން މޯލްޑިވިއަނުން ބުނެފައިވަނީ، މާލެ އާއި ކުޑަހުވަދޫއާ ދެމެދު މިއަދު ފެށި ޝެޑިއުލް ދަތުރުތަކަކީ އެ އެއަރލައިނުގެ އެތެރޭގެ އުދުހުންތަކުގެ ވިއުގައަށް އިތުރުވި މުހިންމު ބޮޅެއް ކަމަށެވެ. އަދި މާލެއާއި ކުޑަހުވަދޫގެ ޗެކްއިން މަރުހަލާއިން ފެށިގެން ދަތުރުވެރިންނަށް މަރުހަބާ ކިޔުމާ ހަމައަށް މިއަދުގެ ހަރަކާތްތަކުން ފެނިގެންދިޔައީ ކާމިޔާބު ފެށުމެއް ކަމަށް އެ އެއަރލައިނުން ފާހަގަކުރެއެވެ.

މޯލްޑިވިއަނުން އިތުރަށް ބުނީ، މި ދަތުރުތަކުގައި ބައިވެރިވާ ހުރިހާ ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް އެ އެއަރލައިން އޮތީ ތައްޔާރަށް ކަމަށެވެ.

ކުޑަހުވަދޫ ދާލު އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓު ސެޕްޓެންބަރު 13 ވަނަ ދުވަހުން ފެށިގެން ވަނީ ވިއްކަން ފަށާފައެވެ. މި ދަތުރުތަކުގެ ޓިކެޓު މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓާއި، މޮބައިލް އެޕްލިކޭޝަންގެ އިތުރުން ޓިކެޓިންގ އޮފީސްތަކާއި ސޭލްސް އޭޖެންޓުން މެދުވެރިކޮށް މިހާރު ލިބެން ހުންނާނެއެވެ.

މިއަދު އޮންލައިން