ރާއްޖޭގެ އެކި ހިސާބުތަކުގައި އަލަށް 6 ކަނދުފައްޗެއް އަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރާއްޖޭގެ އެކި ހިސާބުތަކުގައި އަލަށް 6 ކަނދުފައްޗެއް އަޅައިފި

ފާއިތުވި ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އަލަށް 6 ކަނދުފައްޗެއް އަޅާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. އަލަށް އެޅި ކަނދުފަތިތަކުގެ ތެރޭގައި ހިމެނެނީ ދޮށީ މަސްވެރިކަމަށް ޚާއްސަ 4 ކަނދުފައްޗާއި، 2 ވަދު ކަނދުފައްޗެވެ.

އެ ވުޒާރާއިން ބަޔާންކުރި ގޮތުގައި ދޮށީ މަސްވެރިކަމަށް ޚާއްސަ ކަނދުފަތި އަޅާފައިވާ ސަރަހައްދުތަކަކީ ގއ. ދާންދޫގެ އިރުމަތީ ފަރާތުން 16 މޭލު ބޭރު، ގދ. ގައްދޫގެ ދެކުނުން 14 މޭލު ބޭރު އަދި ސ. ވިލިނގިލީގެ އިރުމަތީ ފަރާތުން 15 މޭލު ބޭރުގައެވެ. މީގެއިތުރުން، ވަދު ކަނދުފަތި އަޅާފައިވަނީ ޏ. ފުވައްމުލަކު އިރުމަތީ ފަރާތުން 10 މޭލު ބޭރުގައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ދައުރުގައި މިހާތަނަށް މުޅި ރާއްޖޭގައި ޖުމްލަ 105 ކަނދުފަތި ވަނީ ބަހައްޓާފައެވެ. އޭގެ ތެރޭގައި ކަޅުބިލަމަހުގެ މަސްވެރިކަމަށް ބޭނުންކުރާ 51 ދޮށީ ކަނދުފައްޗާއި، ކުޅިވަރު މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމަށް އަމާޒުކޮށްގެން އެޅި 54 ވަދު ކަނދުފަތި ހިމެނެއެވެ.

މިއީ މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި ރާއްޖޭގައި މި އަދަދަށް ކަނދުފަތި ނާޅާ މިންވަރެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. މީގެއިތުރުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް 44 ވަދު ކަނދުފަތި އަޅާފައިވާކަން ވަޒީރު ވަނީ މީގެ ކުރިން ބަޔާންކުރައްވާފައެވެ.

މިއަދު އޮންލައިން