މާލެ ޓެކްސީ އިން 3 މަސްދުވަހުގެ ތެރޭގައި 157،971 އަށްވުރެ ގިނަ ދަތުރު ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
މާލެ ޓެކްސީ އިން 3 މަސްދުވަހުގެ ތެރޭގައި 157،971 އަށްވުރެ ގިނަ ދަތުރު ކޮށްފި

މާލެ ޓެކްސީ އެޕްލިކޭޝަން މެދުވެރިކޮށް ވޭތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި 157،971 އަށްވުރެ ގިނަ ދަތުރު ކޮށްފިއެވެ.

މި އެޕްލިކޭޝަނަކީ އެމްޓީސީސީގެ ޓެކްސީ ޚިދުމަތް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށްޓަކައި ޚާއްޞަކޮށްގެން ތަޢާރަފުކުރި މޯބައިލް އެޕްލިކޭޝަނެކެވެ.

މާލެ ޓެކްސީގެ ޚިދުމަތް ސަރުކާރުން ފުރަތަމަ ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އޭގެފަހުން، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ޖޫން މަހުގެ 2 ވަނަ ދުވަހު ވަނީ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށް، ދުރާލާ ދަތުރުތައް ތާވަލުކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ.

މި އެޕްލިކޭޝަނަށް ބޮޑު ތަރުޙީބެއް ލިބެމުންދާއިރު، މިވަގުތު މި އެޕްލިކޭޝަންގައި 52،790 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.

މިއަދު އޮންލައިން