ޤުރްއާން ހިތުދަސްކުރުމަށާއި ޤުރްއާން ކިޔަވައި މޮޅުވެ ޤުރްއާނުގެ އަޚްލާޤް ލިބިގަތުމަށްޓަކައި ކުރެވިދާނެ ދުޢާއެއް!

ކިޔުމަށް ހޭދަވާނީ 1މ 52ސ
ޤުރްއާން ހިތުދަސްކުރުމަށާއި ޤުރްއާން ކިޔަވައި މޮޅުވެ ޤުރްއާނުގެ އަޚްލާޤް ލިބިގަތުމަށްޓަކައި ކުރެވިދާނެ ދުޢާއެއް!

ޢާއިޝަތު ރަފާޙް ޢަލީ

 

ޤުރްއާން ހިތުދަސްކުރުމަށާއި އެ ފޮތް ކިޔަވާ މޮޅުވުމަށްޓަކައި މި ދުޢާ ކިޔާށެވެ.

اللَّهُمَّ اجْعَلِ الْقُرْآنَ فِي قَلْبِي حِفْظًا وَعَلَى لِسَانِي تِلَاوَةٌ، وفي سلوكي خُلْقًا وَارْزُقْنِي مِنْهُ الْعِلْمَ وَالْعَمَلَ

މާނައީ: "ޔާ اَللّٰهُ! މިއަޅާގެ ހިތަށް ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ތައުފީޤު ދެއްވާނދޭވެ! މިއަޅާގެ ދުލުގައި އެ ފޮތް ތިލާވަތްކުރުން ލައްވަވައި، މިއަޅާގެ އުޅުމާއި ސުލޫކުގައި އެ ފޮތުގެ މާތް އަޚްލާޤު ލައްވައި، އަދި އެ ފޮތުގެ އަލީގައި ނަފްސަށް ޢިލްމާއި ޢަމަލުގެ ބަރަކާތް ރިޒުޤުކުރައްވާނދޭވެ!" އާމީން 

ޤުރްއާން ހިތުދަސްކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން:  

ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަންވާނީ ދުނިޔެވީ އެއްވެސް މަންފާއަކަށް އެދުމެއްނެތި، އެކަލާނގެ ރަޙްމަތަށް އެދިގެންނެވެ. އެއިރުން މާތްﷲ އެކަން އެމީހަކަށް ފަސޭހަކޮށްދެއްވައި ކާމިޔާބީ މިންވަރުކުރައްވާނެއެވެ. އިޚްލާޞްތެރިކަން މަތީ ދެމިހުރުމަށްޓަކައި، އާޚިރުގައި ލިބޭނެ ގިނަގުނަ ޘަވާބާއި ދަރަޖައާމެދު އަބަދުވެސް ވިސްނައި ހަނދާންކުރާށެވެ.

ފާފަތަކަށް އަރައިގަނެވޭވަރަކަށް ހިތުގެ އަލިކަން ކެނޑިގެންދެއެވެ. މިފަދަ ނުބައި ލައްތަކުން ހިތް ސާފުކުރެވޭނީ ގިނަގިނައިން އިސްތިޣްފާރުކޮށް، ﷲ މަތިން ހަނދުމަކޮށް، ހެޔޮ ޢަމަލުތައް ގިނަކޮށްގެންނެވެ. 

ހެޔޮލަފާ އަދި ތިމާއަށް ހެޔޮމަގު ދައްކައިދޭނެ އެކުވެރިންނާ ގުޅުން ބަހައްޓާށެވެ. ޚާއްޞަކޮށް ޤުރުއާން ހިތުދަސްކުރުމުގެ ހެޔޮ ނިޔަތުގައި އުޅޭ ކުދިންނާއެކު ވަގުތު ހޭދަކުރުމަކީ މިކަމަށް ލިބޭނެ ބޮޑު ހިތްވަރެކެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން