ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި، މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ކޯސްޓުގާޑުން ކުރަމުންދާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން، 16 ސެޕްޓެމްބަރު 2026 ގައެވެ.
މި ބޯޓު ފެނިފައިވަނީ ކ. ދިއްފުށީގެ އިރުން ގާތްގަނޑަކަށް 123 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައިއިރު، އެ ބޯޓުގައި 6 މީހުން ހަރަކާތްތެރިވަމުން ދިޔަކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.
ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު މި ބޭރުގެ މަސްބޯޓު މިހާރު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.