ސިއްޙީ އަދި އިޖުތިމާއީ ދާއިރާގެ ލަނޑުދަނޑިތަކުގެ 67 އިންސައްތަ ހާސިލުކުރެވިއްޖެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ސިއްޙީ އަދި އިޖުތިމާއީ ދާއިރާގެ ލަނޑުދަނޑިތަކުގެ 67 އިންސައްތަ ހާސިލުކުރެވިއްޖެ: ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްޙަތާއި، އާއިލާ އަދި އިޖުތިމާއީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ 67 އިންސައްތަ މިހާރު ހާސިލުކުރެވިފައިވާ ކަމަށް ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ހާމަކުރެއްވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަޖިލިސް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ސިއްޙީ ދާއިރާއާ ގުޅޭގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސިއްޙީ ދާއިރާއިން ވެފައިވާ 478 ވަޢުދުގެ ތެރެއިން ބޮޑު ބައެއް މިހާރު ވަނީ ހާސިލުކުރެވިފައެވެ. އަދި މީގެ އިތުރުން މި ދާއިރާގެ 835 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން މިހާތަނަށް ސިއްޙީ ދާއިރާއިން 5.98 ބިލިއަން ރުފިޔާގެ މަޝްރޫޢު އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ނިމިދިޔަ ސަރުކާރުގެ 5 އަހަރުގެ ދައުރުގައި ހަވާލުކުރި 2.62 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްޙީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، މި ދައުރުގައި 40 ހޮސްޕިޓަލަކާއި 22 އާ ސިއްޙީ މަރުކަޒެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ސިއްޙީ ފެސިލިޓީތައް އަޕްގްރޭޑްކޮށް ފެންވަރު މަތިކުރުމަށްޓަކައި މިހާތަނަށް 89 މަޝްރޫޢެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު އޮންލައިން