ޕީއެންސީގެ ކައުންސިލްގައި ޒުވާނުން ތަމްސީލުކުރާނެ 7 މެންބަރުން ކޮންގްރެސްއިން އިންތިޚާބުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޕީއެންސީގެ ކައުންސިލްގައި ޒުވާނުން ތަމްސީލުކުރާނެ 7 މެންބަރުން ކޮންގްރެސްއިން އިންތިޚާބުކޮށްފި

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ މެންބަރުންގެ މަޖިލީހުގައި (ސެނެޓް/ކައުންސިލް) ޒުވާނުން ތަމްސީލުކުރުމަށް ޚާއްޞަކުރި 7 ގޮނޑިއަށް މެންބަރުން އިންތިޚާބުކޮށްފިއެވެ.

މާލޭގެ ޔޫތު ސެންޓަރުގައި 1300 އަށް ވުރެ ގިނަ މަންދޫބުންގެ ބައިވެރިވުމާއެކު ކުރިއަށްދާ މި ކޮންގްރެސްގައި، ޒުވާނުންނަށް ކަނޑައެޅިފައިވާ 7 ގޮނޑިއަށް ޖުމްލަ 13 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. މިއަދު ފެށި މި ވޯޓުލުމުގައި އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ޕާޓީގެ ނައިބު ރައީސުންނާއި ޚާއްޞަ ދާއިރާތަކުގެ މަޤާމުތަކަށް މީހުން ހޮވުމުގެ މަރުޙަލާއެވެ.

ފޯރިގަދަ ވާދަވެރިކަމަކަށްފަހު، މި އިންތިޚާބު ކާމިޔާބުކުރައްވައި ޒުވާނުންގެ ގޮނޑިތައް ކަށަވަރުކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ ތަފްޞީލަކީ:

ޕީއެންސީގެ މެންބަރުންގެ މަޖިލީހުގައި އަންހެނުންނާއި ޒުވާނުން ތަމްސީލުކުރާނެ ފަރާތްތައް މިހާރު ހޮވިފައިވާއިރު، އެ މަޖިލީހަށް ޢާންމުކޮށް ހުޅުވާލައިގެން ހޮވާ 18 މަޤާމުގެ ވާދަވެރިކަންވެސް ވަނީ ބޮޑުވެފައެވެ. އެ މަޤާމުތަކަށް 70 އަށް ވުރެ ގިނަ މެންބަރުން ވާދަކުރައްވަމުން ގެންދަވާ ކަމަށް އެ ޕާޓީން މަޢުލޫމާތު ދެއެވެ.

ޕީއެންސީން ހާމަކުރި ގޮތުގައި، މި ބޭއްވޭ ކޮންގްރެސްގެ މައިގަނޑު މަޤްޞަދަކީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، އެއްބައިވަންތަކަމާއި ސިޔާސީ ޖޯޝް އިތުރުކުރުމެވެ. އަދި ޕާޓީގެ ހިންގުމުގެ އިތުރުން، ޤައުމުގެ ތަރައްޤީގެ އެކި ދާއިރާތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް، ޤައުމީ މަސައްކަތްތައް އާ އުސްމިންތަކަކަށް ގެންދިއުމުގައި މި ކޮންގްރެސްއިން ނިންމާ ނިންމުންތަކާއި އިންތިޚާބުވާ ލީޑަރޝިޕްގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

 

 

މިއަދު އޮންލައިން