ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި އަންހެނުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް މެންބަރުން އިންތިޚާބުކޮށްފިއެވެ.
ޕީއެންސީން ކުރިއަށްގެންދާ މަތީ މަޖިލީހުގެ (ކޮންގްރެސް) ބައްދަލުވުންތަކުގެ ތެރެއިން އެ ޕާޓީގެ އިސް މަޤާމުތަކަށް މީހުން ހޮވުމުގެ ވޯޓުލުން މިހާރު ކުރިއަށްދާއިރު، މެންބަރުންގެ މަޖިލީހުގެ އަންހެނުންގެ 10 ގޮނޑިއަށް ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރައްވާފައިވެއެވެ.
މި އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެއްވި 10 ބޭފުޅުންނަކީ:
އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެއްވަނަ ހޯއްދެވީ މަރްޔަމް ޝިއުނާއެވެ. އޭނާ ވަނީ ޖުމްލަ 931 މަންދޫބުންގެ ތާއީދު ހޯއްދަވާފައެވެ.
މި ކޮންގްރެސްގެ ތެރެއިން މިހާރު ވަނީ ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފައެވެ. އަދި މެންބަރުންގެ މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަކުރެވިފައިވާ މަޤާމުތަކުގެ ވޯޓުލުން ނިމިފައިވާއިރު، އެ މަޖިލީހަށް ޢާންމުކޮށް ހުޅުވާލައިގެން ހޮވާ 18 މަޤާމަށް 70 އަށް ވުރެ ގިނަ ކެންޑިޑޭޓުން ދަނީ ވާދަކުރަމުންނެވެ.
ޕީއެންސީން ހާމަކުރި ގޮތުގައި މިފަދަ ކޮންގްރެސްއެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަމާއި ގުޅުން ބަދަހިކޮށް، މެންބަރުންގެ މެދުގައި އޮތް ޙަރަކާތްތެރިކަމާއި ޖޯޝް އިތުރުކުރުމެވެ. މީގެއިތުރުން، ޕާޓީއަށާއި ޤައުމުގެ ތަރައްޤީއަށް އައު ދިރުމެއް ގެނެސްދީ، ޤައުމީ ތަރައްޤީގެ އައު ހަރުފަތަކަށް ވާޞިލުވުމަށް އެޅޭ މުހިންމު ބިންގަލެއްގެ ގޮތުގައި މި ކޮންގްރެސް ވެގެންދާނެ ކަމަށް ވެސް އެ ޕާޓީން ފާހަގަކުރެއެވެ.