ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް 18 މެންބަރުން އިންތިޚާބުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް 18 މެންބަރުން އިންތިޚާބުކޮށްފި

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހަށް އާންމު މެންބަރުންގެ ފަރާތުން އިންތިޚާބުކުރަން ޖެހޭ 18 މެންބަރުން މިއަދު އިންތިޚާބުކޮށްފިއެވެ.

މި ބޭފުޅުން އިންތިޚާބުކޮށްފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލިސް (ކޮންގްރެސް) ގެ ތެރެއިންނެވެ. ޕާޓީގެ އެތެރޭގެ މުހިންމު މަޤާމުތަކަށް މީހުން ހޮވުމަށް މިއަދު ކުރިއަށްދިޔަ މި ވޯޓުލުމުގައި، ޕާޓީގެ 6 ނައިބު ރައީސުންނާއި، އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަ ކުރެވިފައިވާ ގޮނޑިތަކުގެ އިތުރުން ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ހޮވާ އާންމު 18 ގޮނޑިއަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.

މެންބަރުންގެ މަޖިލީހުގެ އާންމު 18 މަޤާމަށް 70 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިޚާބުގައި 1،200 އަށް ވުރެ ގިނަ މަންދޫބުން ވަނީ ވޯޓު ދެއްވާފައެވެ.

މި އިންތިޚާބު ކާމިޔާބު ކުރެއްވި 18 ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދުތައް:

ޕީއެންސީގެ ކޮންގްރެސްގެ މި އިންތިޚާބުން ކާމިޔާބު ހޯއްދެވި ބޭފުޅުން އެ މަޤާމުތަކުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ޙަވާލުވެވަޑައިގަންނަވާނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ރަސްމިއްޔާތުގައި މަޤާމުގެ އިޤުރާރުގައި ސޮއިކުރެއްވުމަށް ފަހުގައެވެ.

މިއަދު އޮންލައިން