އުޚުތުންނަށް ޚާއްޞަ-: ދުނިޔޭގައި ހުއްޓައިވެސް އަދި މަރުވުމުންވެސް ތިބާއަށް ޢަޛާބް އިތުރުވަމުންދާނެ ދޮރެއް ހުޅުވައިފިނަމަ އެދުވަހު ސަލާމަތްވެވޭނެ ގޮތެއް އޮންނާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އުޚުތުންނަށް ޚާއްޞަ-: ދުނިޔޭގައި ހުއްޓައިވެސް
އަދި މަރުވުމުންވެސް ތިބާއަށް ޢަޛާބް އިތުރުވަމުންދާނެ ދޮރެއް ހުޅުވައިފިނަމަ
އެދުވަހު ސަލާމަތްވެވޭނެ ގޮތެއް އޮންނާނެތަ؟


ބައެއް އަންހެނުންނަށް އެކަން ކުރެވެނީ މިކުރެވެނީ ކިހާވަރެއްގެ ފާފައެއްކަން ނުއެނގިތިބެ ކަމަށްވެސްވެދާނެއެވެ! އެހެންކަމުން މިއީ ވަރަށް ބޮޑަށް ވިސްނާލަން ޖެހިފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ.

ޢައުރަ ކަޝްފްކުރުމަކީ ހަމައެކަނި ފޭރާން ނުލައި ހުރުމެއް ނޫނެވެ. ފޭރާންލީނަމަވެސް ތުނިކަމުން ހަށިގަނޑު ފެންނަނަމަ އަދި ހަށިގަނޑުގެ ވަނާތައް އެނގޭނެ ގޮތަށް ފޭރާންލައިގެން އުޅުމަކީވެސް ހަމަ އަޢުރަ ނިވާނުކޮށް އުޅުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

"ކަމަނާގެ ވަނާތައް މީސްމީޑިއާގައާއި މީހުންގެ ފޯނުތަކުގައި ފަސޭހައިން ފެންނާހެން ހުރުމީ ޢަޛާބުގެ ދެމިގެންވާ ދޮރެއް ހުޅުވުމެވެ."

--ޝައިޚް މުޙައްމަދު ޝާފިޢު

ޝައިޚް ޝާފިޢު ވިދާޅުވެފައި އެވަނީ ތިއަ ކަނބަލުން އެފަދަ ފޮޓޯތައް، ނުވަތަ ވީޑިއޯތައް  ޢާންމުކުރުމުން އެއަށް މީސްތަކުން ބެލުމުން ބަލާވަރަކަށް އެކަމުގެ ފާފަ ތިއަ ކަނބަލުންނަށް ލިބެމުން ދާނެ ކަމެވެ. މާތް ﷲ ގެ ޢަޛާބު އިތުރުވަމުންދާނެ ކަމެވެ. 

ޝައިޚް ޝާފިޢުގެ ބަސްފުޅުން އެނގެނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބެލި މީހަކަށް ބެލިކަމުގެ ފާފަ ލިބުމާއިއެކު ދެއްކި މީހަކަށް އެކަމުގެ ފާފަ ލިބިގެންދާނެކަމެވެ! ގިނަ މީހުން ބެލިވަރަކަށް ހާމަކުރި މިހާއަށް ފާފަ އިތުރުވަމުންދާނެކަމެވެ! 

ނުއެނގި ތިބެ މިކަންކަން ކުރެވޭ ނަމަ ހޭލުންތެރިވާށެވެ! އެނގިތިބެގެން ކުރާނަމަ ބިރުވެތިވާށެވެ!

 

މިއަދު އޮންލައިން