ފާފައެއް ކުރެވުމުން އޮތީ ނަމާދެއްކުރެވެންދެން ތައުބާނުވެ ހުރުމެއް ނޫން! ތައުބާވުމަށް އަވަސްވެގަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފާފައެއް ކުރެވުމުން އޮތީ ނަމާދެއްކުރެވެންދެން ތައުބާނުވެ ހުރުމެއް ނޫން! ތައުބާވުމަށް އަވަސްވެގަތުން!

ތައުބާވުމަކީ އެހައިބޮޑުކަމަކަށް ނުހަދައި ފާފައެއް ކުރެވުމުން އަވަހަށް ތައުބާވާށެވެ. ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ފާފައެއް ކުރެވެނިކޮށްނަމަވެސް އެކަން ވިސްނިއްޖެނަމަ އޮތީ އެކަންކުރުން ހުއްޓާލައި އަވަހަށް ތައުބާވުމެވެ. އަދި އެއީ ތައުބާވުމުގެ އެންމެ މަތީ ދަރަޖަކަމަށްވެސް ބައެއް ޢިލްމްވެރިން ބަޔާންކުރައްވައެވެ.   

ކުރެވޭ ކުދި ފާފަތަކަށް ތައުބާވުމަށްވެސް  ތައުބާ ނަމާދު ކުރަން ޖެހޭނެތޯ؟ ތައުބާވާން ކުރަންޖެހޭނީ ކޮންކަމެއްތޯ؟ މިފަދަ ސުވާލުތައް ކިޔުންތެރިންގެފަރާތުން ތަކުރާރުކޮށް ލިބެމުންދާތީ ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރާ ކަމަށެވެ.   

ތަޥްބާވުމަށްޓަކައި ކޮންމެހެން ތަޥްބާ ނަމާދެއް ކުރުން އެއީކީ  ލާޒިމު ކަމެއްނޫން. ތަޥްބާވުމަށްޓަކާ ފުރަތަމަ ކަމަކަށް އޭނަޔަށް  މިކުރެވުނު ކަންތަކާ ދޭތެރޭގާ  ހިތާމަ ކުރަންވީ  

ދެން އެޔަށްފަހުގާ އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުކުރުމަށް އޭނާގެ ހިތުން ޢަޒުމް ކަނޑައަޅާނީ. އަދި އެޔަށްފަހުގާ މީހެއްގެ ޙައްޤެއް އެކަމުގާ އެކުލެވިގެންވާ ކަމެއް ކަމަށްވަނީނަމަ އެމީހާގެ ފަރާތުން މާފަށް އެދޭނީ  

އަދި ﷲގެ ޙަޟްރަތުގާ ފާފަ ފުއްސެވުން އެދި ދުޢާކުރާނީ،  

ކޮންމެހެން ނަމާދެއް ކުރާކަށް ނުޖެހޭނެ. އަޅުގަނޑުމެން ހެނދުނާ ހަވީރުގެ ޛިކްރުތަކުގާވެސް އެބަހިމެނޭ ކޮންމެ ދުވަހަކުވެސް 100 ފަހަރު أسْتَغْفِرَ اللهَ  (أسْتَغْفِرَ اللهَ ) ގެ މާނަޔަކީ: ހައްދަވާ ގެންގުޅުއްވާ އިލާހޭ މިއަޅާގެ ފާފަ ފުއްސަވާނފާދޭވެ!

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން