ތިބާއަށްޓަކާ އެންމެ ބޮޑު ޤުރްބާނީއެއްވަނީ މަންމަ! މަންމައަށް ހެޔޮކޮށް ހިތާ ދަރިއަކަށް ދުނިޔޭގަވެސް އޮތީ އުފާވެރިކަން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތިބާއަށްޓަކާ އެންމެ ބޮޑު ޤުރްބާނީއެއްވަނީ މަންމަ! މަންމައަށް ހެޔޮކޮށް ހިތާ ދަރިއަކަށް ދުނިޔޭގަވެސް އޮތީ އުފާވެރިކަން! އިން ޝާ ﷲ

ފުރަތަމަވެސް ބުނެލަން އޮތީ މައިންގެ ލޯތްބަކީ އެންމެ ޚާއްޞަ ލޯތްބަށް ބަދަލުވެގެންދަނީ ސަބަބުތަކެއް ނެތި ނޫންކަމެވެ. ފުރަތަމަ ސަބަބަކީ ހެޔޮލަފާ މައިން ދަރިން ދެކެ ލޯބިވަނީ އެކަމަށް އެއްވެސް ބަދަލެއް ނުއެދި ހެޔޮހޮތުން ކަމެވެ.  

ތިބާއަށް ތިބާގެ ދުލުން އެންމެ ބަހެއް ބުނެވުމުގެ ކުރިން މައިމީހާ ތިބާއަށްޓަކައި އެތައް ހާސް ފަހަރު ހެޔޮދުޢާކުރެއެވެ. ތިބާއަށް ބިންމަތީގައި ފިޔަޅެއް އެޅެނީ މައިމީހާ ތިބާ ކިތައް ފަހަރު އުފުލިފަހުންކަން އެނގޭނެ ގޮތެއްވެސް ނެތެވެ. ދަރިފުޅަށް ރަނގަޅު، އުފާވެރި ޙަޔާތެއް ހޯދައިދިނުމަށް އެމަންމަ ނުވާ ޤުރްބާނީއެއް ނެތެވެ. އެމަންމަގެ ދިރިއުޅުން ޤުރްބާންކުރަނީ ދަރިފުޅަށްޓަކައެވެ.  

ގަސްތަކަށް ބަލާށެވެ! މޫތައް ބަލިނަމަ ވައިޖެހިލާއިރަށް ގަސްވެއްޓޭނެއެވެ. ގަސްތަކަށް ބިންމަތީގައި ޘާބިތުވެ ހުރެވެނީ މޫތައް ވަރުގަދަނަމައެވެ. ދުނިޔޭގައި ކުރިމަތިވާ ކޮޅިގަނޑުތަކުން ސަލާމަތްވެވި ޘާބިތުކަމާއިއެކު ކުރިއަށް ދެވެނީ މައިންގެ ސަބަބުންނެވެ. މައިން ދޭ ތަރުބިއްޔަތާއި މައިންގެ ދުޢާއިންނެވެ.  

ލޮބުވެތި ދަރިންނޭވެ! މައިންނަށް ފައިސާކޮޅެއްދީފައި ނިންމައިނުލާށެވެ. މައިންނަށް އަޅާލައި ލޯބިދޭށެވެ! އެންމެ މުހިންމީ ވަޤުތުދިނުމެވެ. އުފާކޮށްދިނުމެވެ. މައިންނަށް އަޅާލައި ހެޔޮކޮށްހިތައި ވަޤުތުދީ އުފާކޮށްދޭނަމަ އެދަރިއަކަށް މާތް ﷲ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން