ކޮންމެ ރެއަކުވެސް ނިދުމުގެކުރިންނާ ދުވާލު ކިޔަންވަން ސުންނަތުން އެނގެންހުރި އާޔަތްތަކާ ސޫރަތްތަކާ ކިތެވުމުން ކުރާނެ ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ކޮންމެ ރެއަކުވެސް ނިދުމުގެކުރިންނާ ދުވާލު ކިޔަންވަން ސުންނަތުން އެނގެންހުރި އާޔަތްތަކާ ސޫރަތްތަކާ ކިތެވުމުން ކުރާނެ ފައިދާ-

ޢާންމުކޮށް ދުވަހަކު އަދި ކޮންމެރެއަކުވެސް ކިޔަވަން އެންމެ ފައިދާހުރި ސޫރަތްތަކާއި ޢާޔަތްތަކާއި ކިޔެވުމުން ކުރާނެ ފައިދާ މިގެނެސްދެނީ ކިޔުންތެރިން އެކަމަށް އެދިލައްވާތީއެވެ. އަދި އެއިގެ މާނައަކީ އެވަރުން ފުއްދައިލުމެއްވެސް ނޫނެވެ. އޮތީ ވީހާ ގިނައިން ޤުރްއާން ކިޔެވުމާއި ޛިކުރުކުރުމެވެ.  

ކީރިތި ޤުރްއާނުގެ ކޮންމެ އާޔަތެއް ނުވަތަ ސޫރަތެއް ކިޔެވިނަމަވެސް އެކަމަށް ﷲ ތަޢާލާ ދެއްވަވާ އަޖުރު ދެއްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމާއިއެކުވެސް ކޮންމެ ރެއަކު ކިޔެވުން ސުންނަތްވެގެންވާ އާޔަތްތަކާއި ސޫރަތްތައް ހާމަކޮށްލާނަމެވެ.   

ކޮންމެ ދުވަހަކުވެސް ހނދުނާ ހަވީރުގެ ޛިކުރުތައް ކިޔަވަންވާނެއެވެ. އެއިރުން އެމީހަކަށް ރައްކައުތެރިކަން ލިބޭނެއެވެ.  

ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔެވުމަކީ އެއިގެ ސަބަބުން އޭނާ ސުވަރުގެވަނުމާއި ދެމެދު މަރުފިޔަވައި އެހެން އެއްޗެއް ނެތްކަމެކެވެ.  

ކޮންމެ ރެއަކު މުލްކްސޫރަތް ކިޔެވުމަކީ ކައްވަޅުގެ ޢަޛާބުން ސަލާމަތްކަން ލިބޭ ކަމެކެވެ.  

ކޮންމެ ރެއަކު 100 އާޔަތް ކިޔެވުމަކީ (ކޮންމެ އާޔަތްތަކެއް ނަމަވެސް) މުޅި ރޭ އަޅުކަންކުރުމުގެ ޘަވާބުލިބޭ ކަމެކެވެ. 

ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތްކިޔަވައިފި މީހަކަށް ފުދޭނެ ކަމަށްވެސް ޙަދީޘްގައި އޮވެއެވެ 

ކޮންމެރެއަކު މުލްކް، ސަޖިދަ. އިސްރާ، ޒުމަރު ސޫރަތް ކިޔަވާވިދާޅުވެފައި މެނުވީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅު ނުލައްޕަވާކަމަށް އޮވެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް، 

ކޮންމެ ރެއަކުވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ދެއަތްތިލަފުޅު ކައިރިކުރައްވަވައި (ޖައްސަވައި) އިޚްލާޞް، ފަލަޤް، އައްނާސް ސޫރަތް ކިޔަވާ ވިދާޅުވެ ދެއަތްތިލަފުޅަށް 3 ފަހަރު ފުމެލައްވަވައި ބޯފުޅާއި މޫނުފުޅުން ފަށްޓަވައިގެން ހަށިކޮޅުގެ ވީހާ ގިނަ ތަނެއްގައި އަތްތިލަފުޅު އުނގުޅުއްވަވާކަމަށާއި އެކަން 3 ފަހަރު ތަކުރާރުކުރައްވަވާ ކަމަށް ޙަދީޘްފުޅުގައި އޮވެއެވެ.   

ނިދުމުގެ ކުރިން އަލް ކާފިރޫން ސޫރަތް ކިޔެވުމަކީ ޝިރުކުން ސަލާމަތް ކުރައްވަވާނެ ކަމެއް ކަމަށްވެސް ޙަދީޘްފުޅުގައި އޮވެއެވެ.

- އިސްލާމީ ތިލަފަތް  

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/145543/dua-before-sleeping-list-of-sound-hadiths#blowing-into-the-cupped-palms

 

މިއަދު އޮންލައިން