މަޖިލީހުގެ ރައީސް މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 40ސ
މަޖިލީހުގެ ރައީސް މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ދާއިރާގެ ދެމެދުގައި ތަޖުރިބާ ޙިއްޞާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މީގެއިތުރުން، އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދެ ބޭފުޅުން ވެސް ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި ވަނީ ފުރާވަޑައިގެންފައެވެ.

މިއަދު އޮންލައިން