ޕީއެންސީގެ މަތީ މަޖިލިސް ފެށުން: އިދިކޮޅު ލީޑަރު ނަޝީދާއި ސިޔާސީ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޕީއެންސީގެ މަތީ މަޖިލިސް ފެށުން: އިދިކޮޅު ލީޑަރު ނަޝީދާއި ސިޔާސީ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފި

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި އިފްތިތާޙީ ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެންމެ ކުރީ ސަފުގައި ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،300 އަށް ވުރެ ގިނަ މަންދޫބުންނާއެކު އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގެ ފެށުމުގެ ޖަލްސާގައި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް މުހައްމަދު ޝިފާންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

anni PNC

ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު ދިން ނަމަވެސް ބައެއް ސަބަބުތަކާ ހުރެ އެހެން ޕާޓީތަކުގެ ބައެއް އިސް ވެރިންނަށް ހާޒިރުވެވިފައި ނުވާކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވަނީ ވިދާޅުވެފައެވެ.

ޕާޓީގެ ހިންގުން ހަރުދަނާކޮށް އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުމަށް ބާއްވާ މި ކޮންގްރެސްގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކާއި، ޒުވާނުން އަދި އަންހެނުންގެ ގޮފިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި ޕާޓީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޕާޓީގެ މަގާމުތަކަށް ބޮޑު ތަރުހީބަކާއި ވާދަވެރިކަމެއް އުފެދިފައިވާއިރު، ނައިބު ރައީސްކަމުގެ 6 މަގާމަށް މަޖިލިސް މެންބަރުންނާއި ވަޒީރުން ހިމެނޭހެން 8 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. މީގެ އިތުރުން އަންހެން މެންބަރުންގެ 10 މަގާމަށް 22 ބޭފުޅުން، ޒުވާނުންގެ 7 މަގާމަށް 13 ބޭފުޅުން އަދި އާންމު މެންބަރުންގެ 18 މަގާމަށް 73 ބޭފުޅުން ވާދަކުރައްވާއިރު، އެކި ދާއިރާތަކުގެ 9 މަގާމަކަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.

މިއަދު އޮންލައިން