މިއަހަރުގެ އޮގަސްޓުގެ ނިޔަލަށް ބީއެމްއެލްއިން ކަސްޓަމަރުންނަށް 653 މިލިއަން ޑޮލަރު ވިއްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
މިއަހަރުގެ އޮގަސްޓުގެ ނިޔަލަށް ބީއެމްއެލްއިން ކަސްޓަމަރުންނަށް 653 މިލިއަން ޑޮލަރު ވިއްކައިފި

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ޖުމްލަ 653 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 81 މިލިޔަނަށްވުރެ ގިނަ ޑޮލަރެވެ.

ބީއެމްއެލްއިން ދޫކުރި ޑޮލަރުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކަނޑައެޅިފައިވަނީ ކާޑު މުއާމަލާތްތަކަށެވެ. އެގޮތުން ކާޑުތަކުން ކުރި މުއާމަލާތްތަކަށް ޖުމްލަ 304 މިލިޔަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މީގެއިތުރުން، ރާއްޖެއަށް މުދާ އެތެރެކުރުމަށް ހެދި ޓީޓީތަކަށް 214 މިލިޔަން ޑޮލަރު ވަނީ ދޫކޮށްފައެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވިއްކި ޑޮލަރުގެ ގޮތުގައި 75 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ބޭންކުގެ ހިސާބުތަކުން ދައްކައެވެ.

ހަމައެއާއެކު، ބޭރުގައި ކިޔަވާ ދަރިވަރުންގެ ތަޢުލީމީ ޚަރަދުތަކަށް 32 މިލިޔަން ޑޮލަރު އަދި ރާއްޖެއިން ބޭރުން ސިއްޙީ ފަރުވާ ހޯދުމުގެ ޚަރަދުތަކަށް 27 މިލިޔަން ޑޮލަރު ބޭންކުން ވަނީ ފޯރުކޮށްދީފައެވެ.

މިއަދު އޮންލައިން